އަނިޔާގެ ސަބަބުން ކުރިއަށްއޮތް ތިން މެޗުގައި ނޭމާއަށް ނުކުޅެވިދާނެ: ޕީއެސްޖީ

އަނިޔާގެ ސަބަބުން ކުރިއަށްއޮތް ތިން މެޗުގައި ނޭމާއަށް ނުކުޅެވިދާނެ: ޕީއެސްޖީ

ގުޅުންހުރި

ޗެމްޕިއަންސް ލީގުގައި ތުރުކީގެ އިސްތަންބުލް ބަސަކްސަހިރާއި ދެކޮޅަށް ކުޅެ ޕީއެސްޖީ މޮޅުވި މެޗުގައި ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ކުރިއަށްއޮތް ތިން މެޗުގައި ނޭމާއަށް ނުކުޅެވިދާނެކަމަށް ޕީއެސްޖީ ބުނެފިއެވެ.

މެޗުގެ ފުރަތަމަ ހާފްގެ ކުރީކޮޅުގައި ނޭމާއަށް ލިބުނު އަނިޔާގެ ސަބަބުން ބަދަލުކުރަން ޖެހުނުއިރު، ރިޕޯޓުތައް ބުނާ ގޮތުގައި އަނިޔާވީ ފަލަމަސް ގަނޑަށެވެ. މި އަނިޔާގުޅިގެން ލީގުގައި އެޓީމުން ނޯންޓްސް އަދި ރެނެސް އާއި ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ އާރް.ބީ ލިޕްޒިގާއި ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެއެވެ.

ނޭމާއަށް ކެރިއަރުގައި މީގެ ކުރީންވެސް ގިނަ އަނިޔާތަކަކާ ކުރިމަތިލާން ޖެހިފައި ވެއެވެ. ޕީއެސްޖީއަށް ކުޅުނު ފުރަތަމަ ސީޒަންގައި ވެސް ބޮޑު އަނިޔާއެއް ވެފައެވެ. އަމިއްލަ ގައުމުގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައިވެސް މުބާރާތު ތެރެއިން ނޭމާއަށް ވަނީ ބޮޑު އަނިޔާއެއް ވެފައެވެ. ބްރެޒިލުން އެންމެފަހުން ކޮޕާ އެމެރިކާ ކާމިޔާބު ކުރި ޓީމުން ނޭމާއަށް ޖާގަ ގެއްލުނީވެސް އަނިޔާގެ ސަބަބުންނެވެ.

ނޭމާވަނީ ޕީއެސްޖީއަށް މި ސީޒަނުގައި ކުޅުނު ހަ މެޗުން ދެލަނޑު ކާމިޔާބުކޮށްފައެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *