ޖޫހީ ރަންޒަމާނުގެ ވީޑިއޯ ކޮޅަކާއެކު އާ ވަހަކައެއް!

ޖޫހީ ރަންޒަމާނުގެ ވީޑިއޯ ކޮޅަކާއެކު އާ ވަހަކައެއް!

Author
ފާތިމަތު ނާވީ
22 ސެޕްޓެމްބަރ 2021 03:48
0

ކުރީގެ މަޝްހޫރު ބަތަލާ ޖޫހީ ޗާވްލާ "ތްރޯ ބެކް އެލާޓް" ގެ ނަމުގައި ރަންޒަމާނުގެ ވީޑިއޯ ކޮޅެއް އިންސްޓަގްރާމް ގައި ހިއްސާ ކޮށްފިއެވެ.

މިއީ 1986 ވަނަ އަހަރު ޖޫހީ ކުޅެފައިވާ ޑްރާމާ ސިލްސިލާ "ބަހާދުރު ޝާހް ޒަފަރް"ގެ ސީނެކެވެ.

ރަވީ ޗޯޕްރާ އަދި ބީއާރް ޗޯޕްރާ ޑައިރެކްޓުކޮށްފައިވާ މި ޑްރާމާ ހިއްސާ ކުރަމުން ޖޫހީ ބުނެފައިވަނީ އޭނާ ޑައިލޮގް ހަދާން ނެތޭ ކަމަށެވެ. އޭރު އޭނާ ވަރަށް އާ ކަމަށާއި އެހެންވެ ބިރު ގަތުމާއި ޖެހިލުން ވާތީ ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް ކިތަށްމެ ގިނައި ރިޓޭކް ނަގަން ޖެހުނަސް ޑައިރެކްޓަރު ރުޅި ނާންނަ ކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

31 ސިކުންތުގެ މި ވީޑީއޯ ކޮޅު ހިއްސާ ކުރަމުން އޭނާ ބުނެފައިވަނީ އެއީ އެއް ދުވަހުގެ ޝޫޓިންގ ކަމަށެވެ. މާނައީ މުޅި ދުވަހުން އޭނާއަށް ކުޅެވުނީ އެތަންކޮޅު އެކަނި ކަމަށެވެ.

 

View this post on Instagram

 

A post shared by Juhi Chawla (@iamjuhichawla)

މި ޑްރާމާ އޭނާ ކުޅެފައިވަނީ އޭނާ ބޮލީވުޑަށް ތަޢާރަފްވީތާ އަހަރެއް ފަހުންނެވެ. ޖޫހީ ބޮލީވުޑަށް ނުކުމެފައިވަނީ 1986 ވަނަ އަހަރު "ސަލްތަނަތު" އިންނެވެ. ނަމަވެސް އޭނާ އާންމުންނަށް އެނގިގެން ދިއައީ 1988 ވަނަ އަހަރުގެ "ގަޔާމަތު ސޭ ގަޔާމަތު ތަކް" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.