ލ.އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު އެދޯންޏަށް އަރައި ވަޅިން ބިރު ދެއްކި މައްސަލާގައި އިތުރު2 މީހަކު ހައްޔަރުކޮށް މިހާތަނަށް މިމައްސަލާގައި ހައްޔަރުކުރި މީހުންގެ އަދަދު 7 އަށް އަރައިފިއެވެ.
މިމައްސަލާގައި ފުލުހުންވަނީ ކޯޓް އަމުރުގެ ދަށުން މިމަހުގެ 27 ވަނަ ދުވަހު 5 މީހަކު ހައްޔަރުކޮށްފައެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ 21 އަހަރުގެ މީހަކާއި، 22 އަހަރުގެ ދެ މީހުންނާއި 33 އަހަރުގެ މީހަކާއި، 35 އަހަރުގެ މީހެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެެވެ. މީގެ އިތުރުން މިއަދު ވަނީ2 މީހަކު ހައްޔަރުކޮށްފައެވެ. މިއަދު ވަނީ އިތުރު 2 މީހަކު ހައްޔަރުކޮށްފައެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން މައުލޫމާތު ސާފުކުރި ކުރުމުން އެދޯނި ލ.މަގު ތުޑިއަށްކައިރި ކުރިކަން އެނގިފައިވައެވެ. އަދި ފުލުހުން ދޯންޏަށްގޮސް ބެލިބެލުމުން ދޯންޏަށް އިތުރު ބަޔަކު އަރަފައިވާކަމަށާއި، ނަމަވެސް އެއްވެސް މާރާމަރީއެއް ހިންގާފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެހެން ނަމަވެސް ދޯންޏަށް ގެންދިޔަކަމަށް ބެލެވޭ ތޫނު އެއްޗިހި ދޯނިތެރޭގައި ހުރުމުން އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި މިއީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏަކަށްވެފައި އެއްބަސްވުމަށް އަމަލުނުކުރާކަމަށް ބުނެ، ދޯންޏަށް ދިޔަބަޔަކުކަމަށް މައުލޫމާތު ލިބެއެވެ. މިމައްސަލަ ތަހުޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ