ފަސް ވެރިކަމެއްގެ 400އަށްވުރެ ގިނަ އަނިޔާގެ މައްސަލަ އިންސާފުގެ އޮފީހަށް ހުށައަޅައިފި

ފަސް ވެރިކަމެއްގެ 400އަށްވުރެ ގިނަ އަނިޔާގެ މައްސަލަ އިންސާފުގެ އޮފީހަށް ހުށައަޅައިފި

Author
މުޙައްމަދު ޖިމީ
15 ސެޕްޓެމްބަރ 2021 04:26
0

ފަސް ވެރިކަމެއްގައި ހިނގާފައިވާ އަނިޔާގެ މައްސަލަތަކާއި ގުޅޭ 400އަށް ވުރެ ގިނަ މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހަށް ހުށައަޅައިފިއެވެ.

2018ގެ ކުރީގެ ވެރިކަންތަކުގެ ލާއިންސާނީ އަދި އަނިޔާވެރި ޢަމަލުތައް ބެލުމަށް ޤާނޫނުން ބޮޑެތި ބާރުތަކެް ދީފައިވާ އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށައެޅުމުގެ ފުރުޞަތު މިމަހުގެ 13 ވަނަ ދުވަހުގެ ރޭ 12 ޖެހުމާއި ހަމައަށް ހުޅުވާލިއެވެ.

އިންތިގާލީ އިންސާފްގެ އޮމްބޮޑްސްޕާސަންގެ އޮފީހަށް މައްސަލަ ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި 400އަށް ވުރެ ގިނަ މައްސަލަ ހުށައަޅާފައިވާއިރު އޭގެ ތެރޭގައި ކުރީގެ ރައީސް މުޙައްމަދު އަމީން ދީދީއާއި އިބްރާހީމް ނާސިރުގެ ދައުރުގެ މައްސަލަތައްވެސް ވަނީ ހުށައަޅާފައެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަން 1953ގައި ވައްޓައިލުމަށް ފަހު، އެ މަނިކުފާނަށް ކުރި ހުކުމް ބާތިލުކޮށްދޭންވެސް އެދިފައިވުން ފާހަގަކޮށްލެވެ. އަދި 1962ގައި ގދ.ތިނަދޫއިން މީހުން ބޭލި މައްސަލައާއި، ރައީސް ނަޝިދުގެ ވެރިކަން ވައްޓާލާ ދައުލަތުގެ މީޑިއާ ހިސޯރުކުރި މައްސަލަތައް ފަދަ މައްސަލަތައްވެސް ވަނީ ހުށައަޅާފައެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ 13 ޖޫން 2021 އިން 13 އޯގަސްޓް 2021ގެ ނިޔަލަށެވެ. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭނީ އިންތިޤާލީ އިންސާފުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކާ ގުޅޭ މައްސަލަތަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރ
ހެޔޮނުވާނެެ ތިގޮތައްް ފައިސާތައްް ބޭކާރުނުކޮއްް ހެޔޮގޮތުގަަ އޭގެބޭނުންހިފަންް ހިފަންވެއްޖެއްނުރ