އަރަމުން އަންނަ ބަތަލާ ނުޝްތަރު ބަރޫޗާގެ ބިރުވެރި ފިލްމް "ޗޯރީ" ނޮވެމްބަރު މަހު އެމޭޒަން ޕްރައިމް ވީޑިއޯއިން ޕްރިމިއާ ކުރުމަށް ނިންމައިފިއެވެ.
ކޯވިޑްގެ ސަބަބުން ސިނަމާތަކުގައި ފިލްމު އެޅުވުމަށް ދިމާވި ދަތިތަކުގެ ސަބަބުން ގިނަ ފިލްމް ތަކެއް މިހާރު އަންނަނީ އޮންލައިން ޕްލެޓްފޯމް ތަކުގައި ޕްރިމިއާ ކުރަމުންނެވެ.
އެމޭޒަން ޕްރައިމް ވީޑިއޯއިން މި ފިލްމުގެނެސްދޭނެކަން އިއުލާނުކުރުމަށް ޓްވިޓާގައި ހިއްސާކޮށްފައިވާ 22 ސިކުންތުގެ ވީޑީއޯ ކޮޅުގައި ފިލްމްގެ ބިރުވެރިކަން ވަނީ ގެނެސްދީފައެވެ.
the new face of horror now coming to haunt us ?#ChhoriiOnPrime, this November@Nushrratt @FuriaVishal @TSeries @CryptTV @Abundantia_Ent @vikramix @ShikhaaSharma03 @NotJackDavis @mmvfilms @rajeshjais1 @Yaaneea_b @VishalKapoorVK pic.twitter.com/vV8qQ7xlT3
— amazon prime video IN (@PrimeVideoIN) September 14, 2021
ވިޝާލް ފިއުރިއާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމް، ޕްރޮޑިއުސް ކޮށްފައިވަނީ ބޫޝަން ކުމާރު، ކްރިޝްނަން ކުމާރު، ވިކްރަމް މަލޯތުރާ، ޝޭކާ ޝަރުމާ އަދި ޖެކް ޑޭވިސްއެވެ.
މިއީ މަރާޓީ ފިލްމް "ލަޕާ ޗާޕީ"ގެ ރިމޭކެކެވެ. ނުޝްރަތު ލީޑްރޯލުން ފެނިގެންދާ މި ފިލްމުން އަމީތާ ވަޝީޝްޓް، ރާޖީޝް ޖޭއިސް، ސޯރަބް ބޯޔަލް އަދި ޔާނިއާ ބަރަދްވާޖް ފެނިގެން ދާނެއެވެ.
މިއީ އަބިދުޔަންތިއާ އެންޓަޓައިންމެންޓް ސައިކް އާއި ލޮސްއެންޖެލިސްގެ ކްރިޕްޓީވީ ގުޅީގެން ހަދާ މިފަދަ ފުރަތަމަ ކޮލެބްރޭޝަނެވެ.