ޗިތުރަންގްދާއަށް "ގޭސްލައިޓް"ގެ ރޯލެއް

ޗިތުރަންގްދާއަށް "ގޭސްލައިޓް"ގެ ރޯލެއް

Author
ފާތިމަތު ނާވީ
19 ސެޕްޓެމްބަރ 2021 01:57
0

ދާދިފަހުން އިއުލާން ކުރި "ގޭސްލައިޓް"ގެ ރޯލަކަށް ޗިތުރަންގްދާ ސިންގް ސޮއި ކޮށްފިއެވެ.

މިކަން ވަނީ ފިލްމްގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ޔަގީން ކޮށްދީފައެވެ.

ޗިތުރަންގްދާއަކީ ބޮލީވުޑްގެ ފިލްމް ތަކުން މަދުމަދުން ފެންނަ ތަރިއެކެވެ. މިހާތަނަށް ބޮލީވުޑްގައި މާބޮޑު މަގުބޫލު ކަމެއް އޭނާ އަށް ލިބިފައެއް ނުވެއެވެ. ގިނަ އިން ފެންނަމުންދަނީވެސް ސަޕޯޓިންގ ރޯލު ތަކުންނެވެ. ނަމަވެސް އޭނާ ވަނީ ބޮޑެތި ފިލްމް ތަކުގައި އޭ ލިސްޓްގެ ތަރިންނާއި އެކު މަސައްކަތް ކޮށްފައެވެ.

 

View this post on Instagram

 

A post shared by Chitrangda Singh (@chitrangda)

"ގޭސްލައިޓް" އިއުލާން ކުރުމާއެކު އެ ފިލްމަށް ތަރިން ދަނީ ހަމަޖައްސަމުންނެވެ. އެގޮތުން ލީޑު ރޯލުން ފެނިގެން ދާނީ ސާރާ އަލީ ޙާން އާއި ވިކްރާންތު މަސީއެވެ. މިއީ މި ދެތަރިން އެކުގައި ފެނިގެން ދާނެ ފުރަތަމަ ފިލްމެވެ.

ފަހަކަށްއައިސް ގިނަ ފިލްމްތަކަކުން ވިކްރާންތު ދަނީ ފުރުސަތު ހޯދަމުންނެވެ. އޭނާ ލީޑްރޯލުން ފެނިގެންދާ ފިލްމުތަކެއް ފުލު ފުލުގައި ކަހަލަ ގޮތަކަށް އަންނަނީ ރިލީޒް ކުރަމުންނެވެ.

ޗިތުރަންގްދާ އެންމެފަހުން ފެނިގެން ގޮސްފައިވަނީ 2018 ވަނަ އަހަރު "ބާޒާރް"އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމް އަކީ "ބޮބް ބިސްވާސް" އެވެ. މި ފިލްމުން އޭނާ ފެނިގެން ދާނީ އަބީޝެކް ބައްޗަންއާ އެކުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.