ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި

ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި

Author
މުޙައްމަދު ޝަޒައިމް
15 ސެޕްޓެމްބަރ 2021 10:39
0

ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް އެރަށަށް ގެންގޮސްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.

ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން ވ.ފުލިދޫ ގިރާ ސަރަޙައްދުން 1.2 ހެކްޓަރުގެ ސަރަޙައްދަކަށް ވެލިއަޅާ ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި 210 މީޓަރުގައި ގްރޯއިންސް ޖެހުމާއި 270 މީޓަރުގެ ބޭރު ތޮށިލުމަށްވެސް ވަނީ ހަމަޖެހިފައެވެ.

16.94 މިލިއަން ރުފިޔާގެ މިމަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.