ޑައިނަމޯކިޔޭވް އާއި ފެރެންސްވަރޯސް އަށް ހަމަހަމަ ނިމުމެއް

ޑައިނަމޯކިޔޭވް އާއި ފެރެންސްވަރޯސް އަށް ހަމަހަމަ ނިމުމެއް

Author
އިބްރާހީމް ސާޢިދު
29 އޮކްޓޯބަރ 2020 09:35
0

ޗެމްޕިއަންސް ލީގުގައި ގްރޫޕް ޖީގައި ރޭ ޔޫކްރެއިންގެ ޑިނެމޯ ކިޔޭވް އާއި ހަންގޭރީގެ ފެރެންސްވަރޯސް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ޑައިނަމޯކިޔޭވް އިން ފުރަތަމަ ހާފުގައި ކާމިޔާބުކުރި ދެލަނޑު ކާމިޔާބު ކުރިއިރު އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން  ކާމިޔާބުކޮށްދިނީ ވިކްޓަރއެވެ. ފުރަތަމަ ހާފުގެ ފުރިހަމަ ފަހުވަގުތުކޮޅުތެރޭގައި ކާލޮސް ޑީ ޕެންޔާ ވަނީ އިތުރު ލަނޑެއް ޖަހާ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

ދެވަނަ ހާފުގައި މޮޅަށް ކުޅެމުންދިޔަ ފެރެންސްވަރޯސްއިން އެޓީމުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 59 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންގުއެންއެވެ. އަދި އެޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑު ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ފްރޭންކް ބޮލީއެވެ.

މި ނަތީޖާތަކާއިއެކު މިގްރޫޕުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮތީ ބާސެލޯނާ އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި ޔުވެންޓަސް އޮތް އިރު ޑިނެމޯ ކިޔެވް އަށް ތިންވަނަ ލިބެނީ ހަތަރުވަނައިގައި އޮތް ފެރެންސްވަރޯސްގެ މައްޗަށް ފައިދާ ގޯލުން ކުރިހޯދައިގެނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.