16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

Author
މުޙައްމަދު ޝަޒައިމް
14 ސެޕްޓެމްބަރ 2021 09:54
0

16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ތަހުގީގް ކުރަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ އައްޑޫސިޓީ އާއި، ފުވައްމުލަކު ސިޓީ ހިމެނޭ ޕޮލިސް އޭރިއާއިން ފުލުހުންނަށް 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް އިއްޔެ ހުށަޅާފައިވާކަމަށެވެ.

މިމައްސަލަ މިހާރު ފުލުހުން ތަހުގީގް ކުރަމުންދާކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައިވަނީ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެއް ކަމަށެވެ. ކުއްޖާގެ ރައްކާތެރި ކަމަށްޓަކައި، އެކުއްޖާ ނިސްބަތްވާ އަތޮޅާއި ރަށް ފުލުހުން ހާމަނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.