ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި އިޓަލީގައި ޔުވެންޓަސް ބަލިކޮށް ސްޕެއިންގެ ބާސެލޯނާއިން ގުރޫޕްގެ އެއްވަނައަށް ކުރިޔަށްޖެހިލައިފިއެވެ. ޔުވެންޓަސްގެ ދަނޑުގައި ކުޅުނު ބާސާއިން ކާމިޔާބުކުރީ 2-0 ލަނޑުންނެވެ.
މެޗުގައި ޔުވެންޓަސް ފަރާތުން މާ އެދެވޭ ކުޅެމެއް ފެނިގެން ނުދިޔައިރު ބާސެލޯނާއިން ވަނީ މެޗުގައި ރަނގަޅު ކުޅުމެއްދައްކާފައެވެ. މެޗުގައި ބާސެލޯނާއިން ޖެހި ފުރަތަމަ ލަނޑު ފުރަތަމަހާފްގެ 14 ވަނަ މިނުޓުގެ ތެރޭގައި އުސްމާނޭ ޑެންބްލޭ ކާމިޔާބުކުރި އިރު ބާސާއަށް ލީޑު އިތުރަށް ފުޅާކޮއްދިނީ މެޗުގެ އިތުރުވަގުތުގެ ތެރޭގައި ލިބުނު ފެނެލްޓީން ލިއޮނަލް މެސީއެވެ.
މެޗުގައި ބާސެލޯނާގެ ގޯލަށް ޔުވެންޓަސްގެ އަލްވާރޯ މޮރާޓާ ވަނީ ތިންފަހަރު މަތިން ބޯޅަވައްދާފައެވެ. އެހެންނަމެވެސް ވީޑިޔޯ އެސިސްޓެންޓް ވަނީ އެތިންފަހަރު ލަނޑު ބަލައިނުގަނެފައެވެ. މެޗުގެ ދެވަނަހާފްގައި ޔުވެންޓަސްގެ މެރިހް ޑެމިރާލްއަށް ވަނީ ރަތްކާޑު ދައްކާ ދަނޑުފޮނުވާލާފައެވެ.
ބާސެލޯނާއިން ގުރޫޕް ސްޓޭޖުގައި އެންމެފަހުން ކުޅުނު 11 މެޗުންވެސް ބަލިވެފައެއް ނުވެއެވެ. މިމޮޅާއެކު ބާސެލޯނާ ގުރޫޕްގައި ކުރީގައި އޮތީ ޔުވެންޓަސްއާއި ޑައިނަމޯކިއޭވް އަށްވުރެ އިތުރަށް ތިންޕޮއިންޓް ހޯދައިގެންނެވެ.