އޭވިއޭޝަން ދާއިރާގެ ހިދުމަތްތެރިއެއް ކަމަށްވާ އަހުމަދު ފަޔާޒު ކުއްލި ގޮތަކަށް މިރޭ ނިޔާވެއްޖެއެވެ.
ފަޔާ ނިޔާވެފައިވަނީ ރަސްމީ މަސައްކަތެއްގައި ހއ. ހޯރަފުށީގައި ހުންނަވަނިކޮށެވެ. އޭނާއަކީ ސޭފްޓީ އެންޑް ކޮލިޓީ ޑައިރެކްޓަރު އެވެ. ފަޔާ އަކީ އެމްއޭސީއެލްގައި ވަރަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅެކެވެ.
ފަޔާ ނިޔާވި ޚަބަރާއިއެކު ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްވެސް ވަނީ މިހިތާމާގައި ބައިވެރިވެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމަށް ދުޢާކުރައްވާފައެވެ.
އޭވިއޭޝަން ދާއިރާއަށް ގިނަ ދުވަހު ޚިދުމަތް ކުރި ފަޔާޒު ކުއްލި ގޮތަކަށް މިރޭ ނިޔާވި ހިތާމާގައި މުޅި ހޯރަފުށި ބައިވެރިވޭ. ފަޔާ އަކީ ހިތްހެޔޮ އެތައް ބައެއްގެ ގާތް އެކުވެރިއެއް. މާތްﷲ ފަޔާގެ ފުރާނަ އަށް ރަހުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި.
– ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ޚަބަރު އޮންލައިގެން ފަރާތުންވެސް މަރުހޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ.
ކޮމެންޓު ފޮނުވާ