އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ ބަނދަރުގެ މަސައްކަތް ހުއްޓުމެއްނެތި 24 ގަޑިއިރު ކުރިއަަށް ދާކަމުގައި އެމްޓިސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި، މިހާރު ކުރިއަށްދަނީ 8.5 އެމްއެސްއެލް ފުނަށް، އައު ހާބަރ ބޭސިން އާއި ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތް ކަމުގައެވެ. މި މަސައްކަތުގައި "ޖައްރާފާ 3″ ގެންދަނީ 2 ޝިފްޓަކަށް ބަހާލައިގެން 24 ގަޑިއިރު އޮޕަރޭޓް ކުރަމުންދާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ސ.ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި، މިހާރު ކުރިއަށްދަނީ 8.5 އެމްއެސްއެލް ފުނަށް، އައު ހާބަރ ބޭސިން އާއި ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތް. މި މަސައްކަތުގައި "ޖައްރާފާ 3" ގެންދަނީ 2 ޝިފްޓަކަށް ބަހާލައިގެން 24 ގަޑިއިރު އޮޕަރޭޓް ކުރަމުން. pic.twitter.com/39WvWlzrYL
— MTCC Plc (@MTCCPlc) September 7, 2021
އެމްޓިސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެފައިވަނީ އެމްޓީސީސީއަކީ މަސްވެރިކަން ތަރައްޤީކުރުމުގެ މަސައްކަތުގައި އަބަދުވެސް އެއްބާރުލުން ދޭނެ ކުންފުންޏެއް ކަމަށާއި، މިމަސައްކަތްވެސް އެކުންފުނީގެ އެހެން މަސައްކަތަކޭ އެއްގޮތަށް މުއްދަތަށްވުރެ ކުރިން މަސައްކަތް ނިންމާ ހަވާލުކުރާނެ ކަމަށެވެ.
ޖުމުލަ 68.80 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 471,380 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 1788 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 97 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމުގެ މަސައްކަތް ހިމެނެއެވެ.