ވިދްޔުތު ސިއްރުން އެންގޭޖްވެއްޖެ

ވިދްޔުތު ސިއްރުން އެންގޭޖްވެއްޖެ

ބޮލީވުޑްގެ އެކްޓަރ ވިދްޔުތު ޖަމްވަލް ވަރަށް ސިއްރުން ލޯބިވެރިޔާ ނަންދިތާ މަހްޓާނީއާ އެންގޭޖް ވެއްޖެއެވެ.

މި ދެ ލޯބިވެރިން އެންގޭޖް ވެފައިވަނީ ތާޖްހަމަލްގެ ކުރިމަތީގައެވެ. ލޯބި ރަމްޒުކޮށްދޭ ބިނާ ކަމަށްވާ ތާޖް މަހަލްގެ ކުރިމަތީ ތިބެ ނަގާފައިވާ ފޮޓޯއެއްގައި މި ދެމީހުންވެސް ވަނީ ހުދުކުލައިގެ އައުޓްފިޓްއެއްގައި ފެނިގެން ގޮސްފައެވެ.

ފިލްމީތަރި ނޭހާ ދުޕިޔާ ވަނީ މި ދެމީހުންނަށް މަރުހަބާ ކިޔައި، އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި މި ފޮޓޯ ހިއްސާ ކޮށްފައެވެ. އަދި މި ފޮޓޯގައި ވަނީ ރަތް ކުލައިގެ ހިތެއްވެސް ޖަހާފައެވެ.

 

ނަންދިތާ އަކީ ފެޝަން ޑިޒައިނަރެކެވެ. މި ދެމީހުންގެ ފަރާތުން އަދި ރަސްމީ އެއްވެސް ބަހެއް މިކަމަށް ލިބިފައިއެއް ނުވެއެވެ.

ވިދްޔުތު މިހާރު ކުރަމުން ދަނީ "ހުދާ ހާފިޒް2″ ގެ މަސައްކަތެވެ. މިދިއަ އަހަރު ޑިޖިޓަލް ކޮށް ރިލީޒް ކުރި "ހުދާ ހާފިޒް"ގެ ކާމިޔާބީއާއެކު "ހުދާ ހާފިޒް2″ ހަދަން ނިންމައި މިހާރު ވަނީ ޝޫޓިންގ ވެސް ފަށާފައެވެ.

ފާރޫކް ކަބީރު ޑައިރެކްޓް ކުރާ މި ސިލްސިލާގެ ފިލްމް ތަކަކީ ބޭރު ގައުމެއްގައި އަނބިމީހާ ގެއްލުމުން އޭނާ ހޯދުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމް ތަކެކެވެ. ވިދްޔުތާއެކު މި ފިލްމް އިން ފެނިގެން ދަނީ ޝިވަލީކާ އޮބްރޯއީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *