ރިއާ ކަޕޫރުގެ ހަނީމޫނު ރާއްޖޭގައި!

ރިއާ ކަޕޫރުގެ ހަނީމޫނު ރާއްޖޭގައި!

Author
ފާތިމަތު ނާވީ
07 ސެޕްޓެމްބަރ 2021 06:24
0

މިދިއަ މަހު ކައިވެނިކުރި ރިއާ ކަޕުރާއި ކަރަން ބޫލަނީ ހަނީމޫނަށް ރާއްޖެ އަތުވެއްޖެއެވެ.

ރިއާ ވަނީ ރާއްޖެގައި ޗުއްޓީ ހޭދަކުރަމުންދާ ފޮޓޯއެއް އިންސްޓަގްރާމުން ހިއްސާ ކޮށްފައެވެ.

މެރޫން ކުލައިގެ ބިކިނީ އެއްގައި ޕޫލެއްގެ ގައި އޮށޯވެލައިގެން ރިއާ އޮންނަ މި ފޮޓޯގައި އޭނާގެ ފިރިމީހާ ފަހަތުން ފެންނަން ހުރެއެވެ. މި ދެމަފިރިން ޗުއްޓީ ހޭދަކުރަމުން ދަނީ ކޮން ރިސޯޓެއްގައި ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Rhea Kapoor (@rheakapoor)

ރިއާ އާއި ވިޔަފާރީވެރިއެއް ކަމުގައިވާ ކަރަން ގިނަ ދުވަސްތަކަކު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު، ކައިވެނިކޮށްފައިވަނީ އޯގަސްޓް މަހުގެ 14 ވަނަ ދުވަހު ގާތް އެކުވެރިންނާއި އާއިލާ މެމްބަރުންނާއި އެކުގައި ބޭއްވި ވަރަށް ކުޑަކުޑަ ހަފްލާއެއްގައެވެ.

މިކަައިވެނި ކޮށްފައި ވަނީ އޭނާގެ ބައްޕަ، މަޝްހޫރު އެކްޓަރު އަނިލް ކަޕޫރުގެ ގޭގައެވެ. ރިއާ އަކީ އަނިލް ކަޕުރުގެ 3 ދަރިންގެ ތެރެއިން ހަގު އަންހެން ރަދިފުޅެވެ. ރިއާ އަކީ ބަތަލާ ސޯނަމް ކަޕުރުގެ ކޮއްކޮ އަދި އެކްޓަރު ހަރްޝްވަރުދަން ކަޕޫރުގެ ދައްތައެވެ.

ރިއާ ކަޕޫރަކީ ޕްރޮޑިއުސަރެކެވެ. އޭނާ އެންމެ ފަހުން ޕްރޮޑިއުސް ކުރި ފިލްމަކީ ބޮޑު މަގުބޫލު ކަމެއް ލިބުނު ފިލްމް "ވީރޭ ދި ވެޑިންގ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.