އޮޑިޓް އޮފީހުގެ ބަޖެޓަކަށް 81.7 މިލިއަން ރުފިޔާ ފާސްކޮށްފި

އޮޑިޓް އޮފީހުގެ ބަޖެޓަކަށް 81.7 މިލިއަން ރުފިޔާ ފާސްކޮށްފި

Author
މުޙައްމަދު ޖިމީ
28 އޮކްޓޯބަރ 2020 01:48
0

އޮޑިޓަރ ޖެނެރަލް އޮފީހަށް 81.7 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ ވޯޓަކުންނެވެ. މިއީ އޮޑިޓް އޮފީހުގެ މިއަހަރުގެ ބަޖެޓަށްވުރެ 33.8 މިލިއަން ރުފިޔާގެ އިތުރު ޢަދަދެކެވެ. މިއަހަރަށް ފާސްކޮށްފައިވާ އޮޑިޓް އޮފީހުގެ ބަޖެޓަކީ 47.9 މިލިއަން ރުފިޔާއެވެ.

އަންނަ އަހަރަށް ލަފާކޮށް އޮޑިޓް އޮފީހަށް ދިނުމަށް މަޖިލީހުން 81.7 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރިނަމަވެސް އޮޑިޓް އޮފީހުން މަޖިލީހަށް ފޮނުވާފައިވަނީ 104.8 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބެޓް ދިރާސާކުރެއްވި މާލިއްޔަތު ކޮމިޓިން ވަނީ 23.1 މިލިއަން ރުފިޔާ އުނިކޮށްފައެވެ.

މަޖިލީހުން ފާސްކޮށްފައިވާ އޮޑިޓް އޮފީހުގެ ބަޖެޓް ރިޕޯޓްގައި ބުނެފައިވާގޮތުން އެއޮފީހުގެ ރިކަރަންޓް ޚަރަދާއި އޮފީސް ހިންގުމުގެ ޚަރަދުގެގޮތުގައި 56.7 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި ޕީއެސްއައިޕީގެ ގޮތުގައި 25 މިލިއަން ރުފިޔާ ވަނީ ކަނޑައަޅަފައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާއި ވަކިން މަޖިލީހަށް ހުށަހަޅައި ފާސްކުރަންޖެހޭ ބަޖެޓެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.