މެންބަރު ޖާބިރު މަސްވެރިންނާއި ބައްދަލު ކުރައްވައިފި

މެންބަރު ޖާބިރު މަސްވެރިންނާއި ބައްދަލު ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
28 އޮކްޓޯބަރ 2020 12:00
0

ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު މަސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. ޖާބިރު ވަނީ މިއަދު ވަރަށް ހެނދުނާ މާލޭގެ މަސްމާރުކޭޓް ސަރަޙައްދަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވާފައިކަމަށް ޑީއާރުޕީން ވަނީ ބުނެފައެވެ.

ޖާބިރު ބައެއް މަސްވެރިންނާ ބައްދަލުކުރައްވާފައި މިވަނީ، "ފަސްކުރި" ދޯނި އެދޯނީގެ ވެރިފަރާތްކަމުގައިވާ ލ.ގަން ތުނޑީ އިހުރާމުގޭ އިދުރީސް ޙުސައިނާއި ހަވާލުކުރުމުގެ ވަގުތީ އަމުރެއް ޖާބިރުގެ ހިއްސާ އޮންނަ ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ލ. ގަން މެޖިސްޓްރޭޓް ކޯޓުން ނެރެފައިވަނިކޮށެވެ. މެންބަރު ޢަބްދުﷲ ޖާބިރަކީ މަސްވެރިކަން ކުރަމުންދިޔަ "ފަސްކުރި" ދޯނި ގަނެފައިވާ ރިޗް ކްލަބް މޯލްޑިވްސްގެ ހިއްސާދާރެވެ.

"ފަސްކުރި" ދޯނި ގަތުމުގެ އެގްރީމެންޓާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޚިލާފުވެފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދި ދޯނީގެ ވެރިފަރާތުން ގަން މެޖިސްޓްރޭޓް ކޯޓަށް ހުށައަޅާފައިވާ މައްސަލައާއި ގުޅިގެން ނެރުނު ވަގުތީ އަމުރުގައި ވަނީ މިމައްސަލައިގައި ދޯނީގެ ވެރިފަރާތުން ހުށައަޅާފައިވާ ކަންކަމަށް ބަލާއިރު ވެރިފަރާތުގެ އިޒުނައެއްނެތި އެއްވެސް ފަރާތަކުން ފަސްކުރި ދޯންޏަށް އަރައި ފޭބުމާއި އޭގައި އެހެން ބަޔަކު ތިބުމަކީ ވެރިފަރާތަށް އިއާދަކުރަން ދަތިވާފަދަ ބޮޑު ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއްކަމަށް ޝަރީޢަތަށް ފެންނަކަމަށެވެ.

މަސްވެރިކަން ކުރަމުންދިޔަ "ފަސްކުރި" ދޯންޏަށް ތޫނު ހަތިޔާރާއެކު އަރައި ހިންގީ ޓެރަރިޒަމްގެ ޢަމަލެއްކަމަށް އަބްދުﷲ ޖާބިރު ވިދާޅުވެފައިވެއެވެ. "ފަސްކުރި" ދޯންޏަށް ދައްކަންޖެހޭ ފައިސާ، ރިޗް ކްލަބުން ދައްކަމުންދާކަމަށް ޖާބިރު ވިދާޅުވެފައިވާއިރު، ފަސްކުރި ދޯނީގެ ވެރިފަރާތުން ދޯނި އަނބުރާ ނެގުމަށް އެދި ކޯޓަށް ހުށައަފައިވާ ކަންކަމުގެ ތެރޭގައި ރިޗްކްލަބް މޯލްޑިވްސް އާއެކު "ފަސްކުރި" ދޯނި، ގަނެ ވިއްކުމުގެ އެއްބަސްވުމުގައިވާ ގޮތަށް އެފަރާތުން އަގު އަދާކޮށްފައި ނުވާކަމާއި، އެމް.ޓީ.ސީސީންނެގި އިންޖީނު އަގު އަދާނުކުރުމުގެ މައްސަލަތައް ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.