ދުންޔާ އެމްއެންޕީއާއި ގުޅިވަޑައިގެންފި

ދުންޔާ އެމްއެންޕީއާއި ގުޅިވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
31 އޮގަސްޓް 2021 08:56
0

ކުރީގެ ފޮރިން މިނިސްޓަރ އަދި ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި ގުޅިވަޑައިގެންފިއެވެ.

ދުންޔާ އެމްއެންޕީއާއި ގުޅިވަޑަިއގަތުމުން އެޕާޓީން ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ. އެމްއެންޕީން ބުނެފައިވަނީ ރާއްޖޭގެ ފުރަތަމަ އަންހެން ޚާރިޖީ ވަޒީރު އަދި އަންހެނުންގެ ހައްގުތަކަށާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރައްވަމުން ގެންދަވާ ދުންޔާ މައުމޫން އެމްއެންޕީއާއި ގުޅިވަޑައިގަތުމަކީ އަންހެނުންނަށާއި މި ޕާޓީއަށް ލިބިގެންދިޔަ ވަރަށްބޮޑު ފަޚުރަކާއި ހިއްވަރެއް ކަމަށެވެ.

އެމްއެންޕީއާއި ގުޅިވަޑައިގަތުމަށް ނިންމަވާފައިވާކަން ހާމަ ކުރައްވައި އިއްޔެ ދުންޔާ މައުމޫން ހިއްސާ ކުރެއްވި ވީޑިއޯ މެސެޖްގައި ވިދާޅުވީ އެމްއެންޕީއަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށާއި، ހުޅުވިފައިވާ ފުރުސަތުތަކެއް އެ ޕާޓީ ތެރޭގައި އެބަ އޮތް ކަމަށެވެ.

ސިޔާސީ ހަރަކާތެއް ކަމަށްވާ “ދިވެހި ނެޝަނަލް އެކްޝަން” ގައި އިސްކޮށް ހުންނެވި ދުންޔާ ވަނީ އެމްއެންޕީއާއިއެކު ޤައުމަށް ޚިދުމަތް ކުރެއްވުމަށް މިލިބޭ ފުރުސަތުގައި ކާމިޔާބު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.

އެމްއެންޕީއަކީ ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރަކު އިސްވެ ހުންނަވައިގެން އުފައްދަވާ ސިޔާސީ ޕާޓީއެކެވެ. މި ޕާޓީގެ މަސްއޫލުވެރިޔެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމްއެވެ. މި ޕާޓީއަށް ގުޅިވަޑައިގެންނެވި މަޖިލިސް މެންބަރުންނަކީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްއާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ)އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މައުމޫން
ރައީސް މައުމޫންގެ 4 ބޭފުޅުން 4 ފިކުރަށް ? ދުންޔާ އެމްއެންޕީ އަށް ޣައްސާން ޕީޕީއެމް އަށް ޔުމްނާ އެމްޑީޕީ ސަރުކާރާއެކީ ވަޒީރުކަމުގަ ފާރިސް އެމްއާރުއެމްގެ ރައީސްކަމަށް ވާދަކުރެއްވުން