އދގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގެންފައިވާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ނިއުޔޯކްގައި ތިއްބަވާ އެކި ޤައުމުތަކުގެ ސަފީރުންނާއި ބައްދަލުކުރައްވަން ފައްޓަވައިފިއެވެ.
އެގޮތުން އިއްޔެ އެމަނިކުފާނު ވަނީ އިޓަލީ ވިލާތުން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މައުރީޒިއޯ މަސަރާއީ އާއި ބައްދަލުކުރައްވާފައެވެ. އިޓަލީއަކީ މަލްޓިލޭޓަރަލް ނިޒާމަށް ޒަމާނުއްސުރެ ސަޕޯޓްކުރާ ގައުމެއްކަން ފާހަގަކުރައްވައި، އެމަނިކުފާނުގެ އުއްމީދުގެ ރިޔާސަތަށް އިޓަލީވިލާތުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ސަފީރު ވިދާޅުވިކަން މިނިސްޓަރ ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. އިޓަލީވިލާތުގެ ސަފީރު ވަނީ ތިމާވެއްޓާއި، ސިއްހީ ދާއިރާއާއި، އިންސާނީ ހައްޤުތަކާ އަންހެނުންގެ ހައްޤުތަކުގެ ދާއިރާގެ އިތުރުން ޒުވާނުންގެ ކަންތަކުގައި ގުޅިގެން މަސައްކަތްކުރަން އިޓަލީވިލާތުން ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ.
Met with the Permanent Representative of Italy to the United Nations Amb @MauMassari.
Italy has a long tradition of strong support for multilateralism. I am assured of #Italy’s support to the #PresidencyOfHope. Looking forward to working very closely with you, Ambassador. pic.twitter.com/OSKRGDmIOp
— Abdulla Shahid (@abdulla_shahid) August 30, 2021
ސްލޮވީނިއާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ބޮސްޖާން މަލްވޯ އާއި މިނިސްޓަރ ޝާހިދު އިއްޔެ ބައްދަލުކުރައްވައި، އދގެ ޢާއްމު މަޖިލީހުގެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. ސްލޮވީނިއާއަކީ މިނިސްޓަރ ޝާހިދުގެ ރިޔާސަތުގައި އާއްމު މަޖިލީހުގެ ނައިބު ރައީސްކަން ކުރާނެ އެއް ޤައުމެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ ރިޔާސަތުގައި އާއްމު މަޖިލީހުގައި އިސްކަން ދެއްވާނެ ކަންތަކާ ބެހޭ ގޮތުންނާއި، ސްލޮވީނިއާއިން ވިލާތުގެ އިއްތިޙާދުގެ ރިޔާސަތުގައި އިސްކަން ދޭނެ ކަންތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.
Very happy to have met the PR of #Slovenia to the UN Boštjan Malovrh today -also a VP for #UNGA76
Good discussion on priorities for the General Assembly & #Slovenia’s priorities during its Presidency of the EU. Look forward to working very closely during the #PresidencyOfHope pic.twitter.com/HpbwujhEw6
— Abdulla Shahid (@abdulla_shahid) August 30, 2021
މީގެ އިތުރުން އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ލިންޑާ ތޮމަސް-ގްރީންފިލްޑް އާ ވެސް އިއްޔެ މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ރިޔާސަތަށް އެމެރިކާގެ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވީތީ އުފާކުރައްވާކަމަށް ވިދާޅުވިއެވެ.
Met with the @USAmbUN Linda Thomas-Greenfield today.
Briefed her on my priorities and plans for the upcoming session. Good to know that we have #USA’s support for the #PresidencyOfHope. Looking forward to working very closely with you Ambassador, and your team during #UNGA76 pic.twitter.com/Iw5Xxfhzt0
— Abdulla Shahid (@abdulla_shahid) August 30, 2021
ހަމައެއާއެކު އދގެ ސަލާމަތީ މަޖިލީހުގެ ރިޔާސަތާ ސެޕްޓެމްބަރުގައި ހަވާލުވާ އަޔަލެންޑްއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޖެރަލްޑީން ނޭސަން އާއިވެސް މިނިސްޓަރ ޝާހިދު އިއްޔެ ބައްދަލުކުރެއްވިއެވެ. އަދި އެކަމަނާ ވަނީ އދގެ ސަލާމަތީ މަޖިލީހުގައި އަޔަލެންޑުން އިސްކަން ދޭން ރާވާފައިވާ ކަންކަމާ ބެހޭ މައުލޫމާތު މިނިސްޓަރ ޝާހިދުއާ ހިއްސާކުރައްވާފައެވެ.
Met with PR of Ireland Geraldine Byrne Nason – incoming President of the Security Council, & a gender parity and climate champion at the UN.
Was briefed on UNSC work programme &special events. Look forward to continuing these exchanges with Security Council throughout #UNGA76. pic.twitter.com/erzSBLtzsX
— Abdulla Shahid (@abdulla_shahid) August 30, 2021
އދގެ ސެކްރެޓަރީ ޖެނެރަލްގެ ޔޫތު އެންވޯއީ ޖަޔަތުމާ ވިކްރަމަނަޔަކަ އާއި ޔޫތު އެޑްވައިޒަރީ ގްރޫޕް އޮން ކްލައިމެޓް ޗޭންޖް އާއިވެސް މިނިސްޓަރ ޝާހިދު ވަނީ އިއްޔެ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާ ބެހޭ ގޮތުން ގިނަ މަޝްވަރާތަކެއް ކުރެވުނެވެ.
Young people’s energy is contagious!
Inspired by the very engaging meeting with @UNYouthEnvoy &Youth Advisory Group on Climate Change. Lots of ideas on engaging young people in work of #UNGA76. Look forward to greater collaboration with young people during the #PresidencyOfHope pic.twitter.com/r1SOeaUQ5f
— Abdulla Shahid (@abdulla_shahid) August 30, 2021
އދގެ ސަލާމަތީ މަޖިލީހުގެ ޚާއްސަ ބައްދަލުވުމަކަށް މިވަގުތު ނިއުޔޯކަށް ވަޑައިގެން ހުންނެވި އެ ކައުންސިލްގެ މިމަހުގެ ރިޔާސަތު ބެލެހެއްޓި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާއާއިވެސް މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. އަދި އިންޑިއާއިން ސަލާމަތީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓި ގޮތުގެ ފުރިހަމަކަމަށް މިނިސްޓަރ ޝާހިދު ވަނީ ތައުރީފުކުރައްވާފައެވެ.