މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެކަމަށް ބުނެ އިންޒާރުދިން މައްސަލައެއް ބަލަނީ

މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެކަމަށް ބުނެ އިންޒާރުދިން މައްސަލައެއް ބަލަނީ

Author
މުޙައްމަދު ޖިމީ
31 އޮގަސްޓް 2021 10:09
0

މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެކަމަށް ބުނެ އިންޒާރުދިން މައްސަލައެއް ބަލަން ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ، ފުވައްމުލަކުން މާލެ އަންނަ އޮތް މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެކަމަށް ބުނެ މީހަކު އިންޒާރުދިން މައްސަލަ ރޭ 20:50ގައި ހުށައަޅާފައިވާކަމަށެވެ. މި މައްސަލައާއި ގުޅިގެން މީހަކު އަދި ހައްޔަރުކޮށްފައި ނުވާކަމަށްވެސް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގްކުރަމުންކަމަށްވެސް ފުލުހުން ބުންޏެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.