މަނީޝް ގުޕްތާގެ ފިލްމުން ރަވީނާއަށް ނެގެޓިވް ރޯލެއް

މަނީޝް ގުޕްތާގެ ފިލްމުން ރަވީނާއަށް ނެގެޓިވް ރޯލެއް

ފިލްމު ލިޔުންތެރިޔާ އަދި ޑައިރެކްޓަރ މަނީޝް ގުޕްތާގެ ކުރިއަށް އޮތް ތްރިއްލާ ފިލްމްގެ ނެގެޓިވް ރޯލެއް ރަވީނާއަށް ލިބިއްޖެއެވެ.

ރަވީނާ ވަނީ މިހާރު މި ފިލްމްގެ ޝޫޓިންވެސް ނިންމާލައިފައެވެ. ފިލްމް ގެ ޝޫޓިން ރަވީނާ ނިންމާފައި ވާއިރު މީގެ ކުރިން އޭނާ ނުފެންނަ ފަދަ ރޯލަކުން މި ފިލްމުގައި ފެނިގެން ދާނެއެވެ.

ފިލްމާގުޅޭގޮތުން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ގުޕްތާ ވަނީ ރަވީނާއަށް ވަރަށް ތައުރީފްކޮށް ވާހަކަދައްކައިފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ރަވީނާ ވަނީ ވަރަށް ފުރިހަމައަށް އެބައިގައި އެކްޓުކޮށްފައެވެ. އަދި އެ އެކްޓިންއާ ދޭތެރޭގައި ވަރަށް ހިތްހަމަ ޖެހޭ ކަމަށްވެސް ވަނީ ބުނެފައެވެ.

ރިޕޯޓްތަށް ބުނާގޮތުގައި "ކޭޖީއެފް ޗެޕްޓާ 2″ގައިވެސް ރަވީނާ ފެނިގެން ދާނީ ނެގެޓިވް ރޯލަކުން ނެވެ.

ނަމަވެސް މަނީޝް ގުޕްތާގެ ފިލްމާ ބެހޭގޮތުން އަދި ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ރަވީނާ އަންނަނީ ފިލްމް ކުޅުމުގެ އިތުރުން ބައެއް ރިއަލިޓީ ޝޯވ ތަކުގައި ޖަޖެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން ރަވީނާ ފެނިގެން ގޮސްފައިވަނީ 2017 ވަނަ އަަހަރު ފިލްމް "ޝަބް" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ކޭޖީއެފް ޗެޕްޓާ 2″އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *