ދުންޔާ މައުމޫން އެމްއެންޕީއާއި ގުޅިވަޑައިގަތުމަށް ނިންމަވައިފި

ދުންޔާ މައުމޫން އެމްއެންޕީއާއި ގުޅިވަޑައިގަތުމަށް ނިންމަވައިފި

Author
މުޙައްމަދު ޝަޒައިމް
30 އޮގަސްޓް 2021 07:26
0

ކުރީގެ ފޮރިން މިނިސްޓަރ އަދި ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި ގުޅިވަޑައިގަތުމަށް ނިންމަވައިފިއެވެ.

އެމްއެންޕީއާއި ގުޅިވަޑައިގަތުމަށް ނިންމަވާފައިވާކަން ހާމަ ކުރައްވައި ދުންޔާ މައުމޫން ހިއްސާ ކުރެއްވި ވީޑިއޯ މެސެޖްގައި ވިދާޅުވީ އެމްއެންޕީއަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށާއި، ހުޅުވިފައިވާ ފުރުސަތުތަކެއް އެ ޕާޓީ ތެރޭގައި އެބަ އޮތް ކަމަށެވެ.

ސިޔާސީ ހަރަކާތެއް ކަމަށްވާ "ދިވެހި ނެޝަނަލް އެކްޝަން" ގައި އިސްކޮށް ހުންނެވި ދުންޔާ ވަނީ އެމްއެންޕީއާއިއެކު ޤައުމަށް ޚިދުމަތް ކުރެއްވުމަށް މިލިބޭ ފުރުސަތުގައި ކާމިޔާބު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.

އެމްއެންޕީއަކީ ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރަކު އިސްވެ ހުންނަވައިގެން އުފައްދަވާ ސިޔާސީ ޕާޓީއެކެވެ. މި ޕާޓީގެ މަސްއޫލުވެރިޔެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމްއެވެ. މި ޕާޓީއަށް ގުޅިވަޑައިގެންނެވި މަޖިލިސް މެންބަރުންނަކީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްއާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ)އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

Z Zaahiru
Maruhabaa
Maruhabaa