ޝިބާނީ ފަރްހާންގެ ނަން ކަރުގައި ލިޔެލައިފި

ޝިބާނީ ފަރްހާންގެ ނަން ކަރުގައި ލިޔެލައިފި

Author
ފާތިމަތު ނާވީ
31 އޮގަސްޓް 2021 03:56
0

ފަރްހާން އަޚްތަރު އަދި ޝިބާނީ ޑަންޑޭކަރް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 3 ވަރަކަށް އަހަރު ވެފައި ވާއިރު މި ދެތަރިން ދަނީ އެކި ގޮތް ގޮތުން ލޯބި ފާޅުކުރަމުންނެވެ.

އެގޮތުން ޝިބާނީ ވަނީ އޭނާގެ އުފަންދުވަހު ފަރްހާންގެ ނަން ޓެޓޫއެއްގެ ގޮތުގައި އޭނާގެ ކަރުގައި ޖަހާފައެވެ. ހުކުރު ދުވަހު އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ވަނީ މި ޓެޓޫ ފެންނަ ފޮޓޯއެއް ހިއްސާ ކޮށްފައެވެ. ޝިބާނީ ގެ މޫނު ނުފެންނަ މި ފޮޓޯގައި ކަރުގެ އެއް ފަރާތުގައި ފަރްހާންގެ ނަން ވަނީ ފަވާލާފައެވެ.

މި ޓެޓޫ އަކީ ޝިބާނީ އޭނާގެ އުފަން ދުވަހު ފަރްހާނަށް ދިން ހަދިޔާއެކެވެ. ޝިބާނީ އަކީ ފިލްމީ ތަރިއެއްގެ އިތުރުން ޓީވީ ހޯސްޓެކެވެ.

މި ދެތަރިންނަކީީވެސް ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ދެތަރިންނެވެ. ހާއްސަކޮށް ޝިބާނީ އަންނަނީ އެދެމީހުންގެ ގިނަ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާ ކުރަމުންނެވެ.

 

View this post on Instagram

 

A post shared by Farhan Akhtar (@faroutakhtar)

ޝިބާނީ އެންމެ ފަހުން ފެނިގެންދިޔަ ފިލްމަކީ "ލަވް އިން ދަ ޓައިމް އޮފް ކޮރޯނާ" އެވެ. މީގެ އިތުރުން އޭނާ ވަނީ "ޖަލަކް ދިކްލާޖާ"، "ޚަތްރޯންކޭ ކިލާޅީ"، "އައިކޭން ޑޫ ދެޓް" ފަދަ ޝޯވ ތަކުން ފެނިގެން ގޮސްފައެވެ.

ފަރްހާން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ތޫފާން" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.