ޗެމްޕިއަންސް ލީގުގައި އޮލިންޕިއާކޯސްގެ މައްޗަށް ޕޯޓޯ އިން ކުރި ހޯދައިފިއެވެ.
މުބާރާތުގެ ގްރޫޕް ސީގައި ޕޯޗުގަލްގެ އެފްސީ ޕޯޓޯއާއި ގްރީސްގެ އޮލިމްޕިއާކޯސް ބައްދަލުކުރި މެޗުގައި ޕޯޓޯއިން އޮލިމްޕިއާކޯސްގެ މައްޗަށް ކުރިހޯދީ 0-2 ލަނޑުންނެވެ. ޕޯޓޯގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މެޗުގައި އެޓީމުން ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ މެޗުގެ 11 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފެބިއޯ ވިއެއިރާއެވެ.
ޕޯޓޯގެ ދެވަނަ ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ސާޖިއޯ އޮލިވެއިރާއެވެ.
މި މޮޅާއެކު ގުރޫޕްގެ ދެވަނައިގައި ޕޯޓޯ އޮތީ ތިން ޕޮއިންޓާއެކު ގޯލްގެ ތަފާތުން ކުރި ހޯދައިގެންނެވެ. ތިންވަނައިގައި އޮލިމްޕިއާކޯސް ވެސް ތިން ޕޮއިންޓާއެކު އޮތްއިރު ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތީ މާސޭއެވެ.