އިންޑިއާ ހިލޭ އެހީ އަދި ކްރިކެޓް އޮފް ލައިންގެ ދަށުން ހަދާ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޗެކްޓް (ޖީ.އެމް.ޕީ.ސީ) އެގްރީމެންޓް ގައި ދިވެހި ސަރުކާރާއި އެފްކޮންސް ކޮމްޕެނީއާއި ދެމެދު މާދަމާ ސޮއި ކުރުމަށް ހަމަޖެހިއްޖެއެވެ.
6.47ކމ ދިގު ބްރިޖް އަދި ކޯސްވޭ އިން މާލެއާއި ވިލިނގިލި ،ތިލަފުށި އަދި ގުޅީފަޅު ގުޅާނާލެއެވެ. 100 މިލިޔަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި ޕްރޮޗެކްޓް އަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު އިންފްރާސްޓްރަކްޗާ ޕްރޮޗެކްޓްއެވެ.
ޖީ.އެމް.ޕީ.ސީ ޕްރޮޗެކްޓްއަކީ ރައީސް އިބްރާހިމް ސޯލިހް އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު 2019 ވަނަ އަހަރު އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރް އަރިހުގައި ކުރިއަށް ގެންދިއުމަށް އެހީތެރިކަމަށް އެދިލެއްވި ޕޮރޮޖެކްޓެކެވެ. ގުޅީފަޅުގައި އަޅާ ބައިނަލްއަޤްވާމީ ބަނދަރު އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން މާލެއާއި ގުޅާލެވުމުން މި ޕްރޮޗެކްޓް ވެގެންދާނީ ރާއްޖޭގެ އިގްތިސާދީ މައި އިންޖީނަށެވެ. މި މަޝްރޫގެ މަސައްކަތް ދެއަހަރު ދުވަސް ތެރޭގައި ނިމިގެންދާނެއެވެ. މި މަޝްރޫގެ ފުލް ރިޕޯޓު އެކުލަވާލީ ހޮންކޮންގް ގެ އިންފްރާސްޓްރަކްޗާސް ކޮންސަލްޓަންޓް ފަރމް އަރުޕް އެލްޓީޑީއެވެ.

ޖީ.އެމް.ޕީ.ސީ ޕްރޮޗެކްޓްއަކީ މާލެ ،ވިލިނގިލި ،ތިލަފުށި އަދި ގުޅީފަޅު ބްރިޖް އަދި ކޯސްވޭ އިން ގުޅިގެން ދާނެ ޕްރޮޗެކްޓްއެކެވެ. 6.7ކމ ދިގު މި ބްރިޖް/ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140ކމ ހުންނާނެއެވެ. އަދި ފުންފަޅުތަކުގައި 1.45ކމ އަށް މެރިން ވިއަރޑަކްޓް،އަދި މޫދު/ގޮނޑުދޮށުގައި 2.32ކމ މެރިން ވިއަރޑަކްޓް ،އަދި ބިމާ އެއްހަމައެއްގައި 2.96 ކމ ގެ މަގުހިމެނެއެވެ. މާލެ އަދި ވިލިނގިލި އާއި ބްރިޖް ގުޅޭ ހިސާބުގައި ޓްރެފިކްލައިޓު ޖަރުކުރެވިފައި ހުންނާނެއެވެ. އަދި ގުޅީފަޅު އަދި ތިލަފުށި ބްރިޖް ގައި ހުންނާނީ ވައްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންސް ހުންނާނެއެވެ. އަދި ސޯލާރ ޕެނަލްސް ހަރުކޮށް ބޮކިތަށް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަަމަޖެހޭނެއެވެ.
ރައީސް އިބްރާހިމް ސޯލިހް އިންޑިއާ އަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ގައި 1.4ބިލިއަން ޑޮލަރުގެ އިގްތިސާދީ ޕެކޭޖެއް އިޢުލާން ކުރެވުނެވެ. މީގެ ތެރޭގައި 800މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެއާޕޯޓު ތަރައްޤީ ކުރުން،ފަޅުހިއްކުން،ބަނދަރު ހެދުން،މަސް ފެކްޓްރީ ތަރައްޤީ ކުރިން ،ކްރިކެޓް ދަނޑުތައް ހެދުން އަދި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުން ފަދަ ޕްރޮޗެކްޓްސް ހިމެނެއެވެ. 34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް އަދި އައްޑޫ މަގުތައް ހެދުމުގެ މަސައްކަތް ވަނީފެށިފައެވެ. އަދި މީގެ އިތުރު ޕްރޮޗެކްޓްތަކުގެ މަސައްކަތް ވެސް ވަނީ މިހާރު ހަވާލުކުރުމުގެ ސްޓޭޖްގައެވެ. އިންޑިއާއިން 30 ކޮމިއުނިޓީ ޕްރޮޗެކްޓްވެސް ކުރިއަށް ގެންދާއިރު އޭގެތެރޭގައަން 15 ޕްރޮޗެކްޓް ވަނީ ނިމިފައެވެ. ރައީސް އިބްރާހިމް ސޯލިހް ،ބޮޑު ވަޒީރު މޯޑީ އާއި ޖުލައި 14ވަނަ ދުވަހު ފޯނުން ގުޅުއްވައި މި މަޝްރޫތައް ކުރިއަށްދާ ގޮތާއި ހިންހަމަޖެހޭކަމުގެ ވާހަކަ ފުޅު ދެއްކެވިއެވެ.
ރާއްޖެތެރޭގެ އަދި އިންޑިއާ އާއި ރާއްޖޭއާއި ދެމެދުގެ ގުޅުން ފުޅާކޮށް ތަރައްޤީ ކުރުމަކީިދެސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަން ދޭކަމެކެވެ. މި ސަރުކާރުގެ ރިޔާސީ އެންމެ ބޮޑު ވައުދު ކަމުގައިވާ ޖީ.އެމް.ޕީ.ސީ ޕްރޮޗެކްޓް ހަގީގަތަކަށް ހަދަން އިނޑިއާއިން ބައިވެރިވެވަކީ ލިބޭ ވަރަށް ބޮޑު ފަޚުރެކެވެ. މި ޕްރޮޗެކްޓްގެ ސަބަބުން ރަށްތައް ގުޅާލުމުގެ އިތުރުން އިގްތިސާދީ ގޮތުން ވެސް ވަރަށް ބޮޑު ކުރިއެރުން ލިބިގެން ދާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ