އޮންލައިން ޕްލެޓްފޯމްގައި ދައްކަމުން އަންނަ ބިގް ބޮސް 15ގެ ޕްރޮމޯއެއް ސަލްމާން ޚާނާއެކު ދައްކާލައިފިއެވެ.
މީގެ ކުރިން ބޮޑު ތަރުހީބެއް ލިބުނު މި ޝޯވްގެ ކޮންސެޕްޓް މިފަހަރު ތަފާތުކޮށް ގެނެސްދެމުން ދަނީ ކޯވިޑް-19ގެ ސަބަބުންނެވެ. ސްޓްރީމިން ޕްލެޓްފޯމްގައި މި މިޝޯވް ހުށައަޅައިދެނީ ކަރަން ޖޯހަރެވެ. ކަރަން ހުށައަޅަމުން އަންނަ ބައިތަކަށް ކިޔަނީ ބިގް ބޮސް ވޫޓް އެވެ.
ކަލާސް އިން ސަލްމާނާއެކު ދައްކާލި މި ޕްރޮމޯގައި ސަލްމާން ފެންނަނީ ޖަންގައްޔެއްގައި ގަހަކާ ވަހަކަ ދައްކަނިކޮންނެވެ. ރިއަލިޓީ ޝޯވް ބިގް ބޮސްގެ ރަސްމީ ހޯސްޓަކީ ސަލްމާން ޚާނެވެ. އެހެން ކަމުން މި ޝޯވްގެ ރަސްމީ ހޯސްޓާއެކު ކަލާސް ޗެނަލުން މި ޝޯވް ވަރަށް އަވަހަށް ގެނެސްދޭން ފަށާނެއެވެ.
މި ޝޯވ ކަލާސް އިން ދައްކަން ފަށާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ޝޯވް ޓީވީ ޗެނަލުން ސަލްމާން ގެނެސް ދޭނީ އޮންލައިން ޕްލެޓްފޯމްގައި ކަރަން ކުރިއަށް ގެންގޮސްފައިވާ ހިސާބުން ފެށިގެންނެވެ. އަދި ސަލްމާނާ ހަވާލުވާ ހިސާބުން ފެށިގެން އެލިމިނޭޝަން އޮންނާނެއެވެ.
ސަލްމާން މިވަގުތު ހުރީ އޭނާގެ ސިލްސިލާ ފިލްމް ޓައިގާގެ 3 ވަނަ ފިލްމްގެ ޝޫޓިންގައި އެ ފިލްމްގެ ބަތަލާ ކެޓްރީނާ ކައިފް އާއި އެކު ރަޝިޔާގައެވެ. ރަޝިޔާގައި މި ވަގުތު ފިލްމްގެ ޝޫޓިންގ ކުރިއަށް ދިއަ ނަމަވެސް ޔޫރަޕްގެ ފަސް ގައުމެއްގައި މި ފިލްމް ޝޫޓު ކުރުމަށް ވަނީ ހަމަ ޖެހިފައެވެ. އަދި މި ކަމަށް 45 ވަރަކަށް ދުވަސް މި ޓީމުން ހޭދަކުރާނެ ކަމަށް ރިޕޯޓްތަށް ބުނެއެވެ.
އެންމެ ފަހުން ގެނެސްދިން ބޮގް ގޮސް 14 ކާމިޔާބު ކުރީ ޓީވީ ތަރި ރުބީނާ ދިލައިކް އެވެ.