ތޭޖަސްގެ ޝޫޓިންގ ކަންގަނާ އަލުން ފަށައިފި

ތޭޖަސްގެ ޝޫޓިންގ ކަންގަނާ އަލުން ފަށައިފި

Author
ފާތިމަތު ނާވީ
24 އޮގަސްޓް 2021 06:07
0

ކަންގަނާ ރަނާވަތު، އޭނާގެ ފިލްމް "ތޭޖަސް"ގެ ޝޫޓިންގ އަލުން ފަށައިފިއެވެ.

"ތޭޖަސް" ގެ ޝޫޓިން އަލުން ފަށާފައި މިވަނީ ބުޑަޕެސްޓްގައި ކުރިއަށް ގެންދިޔަ އޭނާގެ ފިލްމު "ދާކަދް"ގެ ޝޫޓިންގ ނިންމާލުމަށްފަހުއެވެ.

ކަންގަނާ ވަނީ ޝޫޓިންގެ ތެރެއިން ސެޓުގައި ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ބިހައިންޑް ސީންގެ ފޮޓޯއެއް ހިއްސާކުރި އިރު ކަންގަނާ ހުރީ އިންޑިއަން އެއަރ ފޯސްގެ ޔުނިފޯމްގައެވެ. އަދި ޑައިރެކްޓަރު ސާވެޝް މެވްރާ އާއެކު ހުރި މި ފޮޓޯގައި ކަންގަނާ ބުނެފައިވަނީ އޭނާގެ ކުރިއަށް އޮތް މިޝަންގައި ކަމަށެވެ.

 

View this post on Instagram

 

A post shared by Kangana Ranaut (@kanganaranaut)

ތޭޖަސް އަކީ ބިރުކުޑަ އަންހެން ޕައިލެޓެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ކަންގަނާ އަންނަނީ ފިލްމަކުފުލު ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އޭނާގެ ވަރުގަދަ ފިލްމުތަކެއް ކުރިއަށް އެބަހުއްޓެވެ. ކޯވިޑް-19 އަށް ފަހު އެންމެ ބުރަކޮށް މަސައްކަތްކުރާ އެއް ތަރިއަކީ ކަންގަނާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.