ނިޒާމުގެ ބަހުސް ހުޅުވާލުން ރަނގަޅު: ދިޔާނާ

ނިޒާމުގެ ބަހުސް ހުޅުވާލުން ރަނގަޅު: ދިޔާނާ

Author
މުޙައްމަދު ޖިމީ
22 އޮގަސްޓް 2021 09:21
0

ނިޒާމުގެ ބަހުސް ހުޅުވާލުން ރަނގަޅުކަމަށް ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރުމަށް ރައީސްއަށް ގޮވާލާ ގެންދަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. އެކަމާއި ގުޅިގެން ދިޔާނާ ސަޢީދު ވިދާޅުވީ ރައްޔިތުންނަށް އެންމެ ފައިދާބޮޑު ގޮތަކީ ކޮބައިތޯ އަބަދުވެސް ބަލާ އެގޮތެއް ހޯދުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބިދޭންޖެހޭކަމަށެވެ. 2007 ވަނަ އަހަރު ރާއްޖޭގަ ނެގުނު ނިޒާމީ ވޯޓުގެ ސައްޙަކަމާމެދު އެމްޑީޕީ އިން ދިޔައީ އަބަދުވެސް އިއުތިރާޒު ކުރަމުންކަމަށާއި، އެހެންކަމުން ނިޒާމުގެ ބަހުސް ހުޅުވާލުން ރަނގަޅުކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމް ގެންނަން، ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ކަންކަން އަވަސްކުރުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅާ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް އެމްޑީޕީގެ އާންމު މެންބަރުންތަކެއް ފަށާފައިވަނީ އިއްޔެއެވެ.

ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ވިދާޅުވެފައެވެ. 2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ.

ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގޮމަކަސްތޫރި
ބަރުލަމާނީ ބަހުސްއަށް މަޖިލިހަށް ހުށަހަޅާކަށް ނުޖެހޭ. ސަބަބުވަރަށް ސާފް ރާއްޖޭގެ ރައްޔިތުން ބަރުލަމާނީ ނިޒާމަށް ބޮޑުތަކުން ނޫނެކޭ ބުނީމަ ދެންއެއޮތީ އޮންނަންވީ ނިޒާމާ ބޭރުކުރަްވީ ނިޒާމް ފިސާރި ރަނގަޅަށް ފެންނަން. ދެންކޮން ބަރުލަމާނީ ނިޒާމެއް.