މިރޭ މެޗަށް ނިކުންނަނީ ލިއޯން، ސިޓީގެ މައްޗަށް ހޯދި ކާމިޔާބީން ހިއްވަރު ހޯދައިގެން: ވޮޔާ ބޮއާސް

މިރޭ މެޗަށް ނިކުންނަނީ ލިއޯން، ސިޓީގެ މައްޗަށް ހޯދި ކާމިޔާބީން ހިއްވަރު ހޯދައިގެން: ވޮޔާ ބޮއާސް

ގުޅުންހުރި

މިދިޔަ ސީޒަންގައި ޗެމްޕިއަންސް ލީގު ކުއާޓަފައިނަލުގައި ފްރާންސްގެ ލިޔޯނުން މެންޗެސްޓަރ ސިޓީގެ މައްޗަށް ހޯދި ކާމިޔާބީން ހިއްވަރުލިބިގެން މިރޭ މެޗަށް ތައްޔާރު ވަމުންދާކަމަށް ފްރާސްގެ އޮލިންޕްކް މާސޭގެ ކޯޗު އަންދްރޭ ވިޔާ ބޮއާސް ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަދައްކަމުން ބޮއާސް ބުނީ ސިޓީއަށް ދެކޮޅަށް ކުޅެން އުނދަގޫވާނެކަމަށާއި އެޓީމުން ބޮޑު ހަރަދުކޮއްގެން ސްކޮޑު އިތުރަށް ވަރުގަދަ ކޮށްފަވާކަމަށެވެ. މިހާރު މިއޮތް ސްކޮޑާއެކު ސިޓީއަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިދާނެކަމަށެވެ. އޭނާ ބުނީ އެޓީމު މިހާރު އޮތް ލެވަލެއް މުހިންމެނޫން ކަމަށާއި މިގުރޫޕްގެ ވެސް ފޭވަރިޓުންނަކީ ސިޓީ ކަމަށް ޗެލްސީގެ ކުރީގެ ކޯޗް ބުނެފައިވެއެވެ.

އެމީހުންގެ ސްކޮޑު ވަރުގަދަ، ކޮންމެ އަހަރަކު އެތައް ހަރަދެއްކުރޭ އެމީހުން އެކަަމަށް، އަހަންނަ ފެންނަ ގޮތުގައި މިމެޗުގެ ފޭވަރިޓަުންނަކީ މެންޗެސްޓަރ ސިޓީ، އެއީ އެމީހުންގެ ލެވެލްއަށް ބަލާފަ މިހެން މިބުނަނީ، އެ ސްކޮޑުގައި އެބަހުރި މި މުބާރާތް ކާމިޔާބު ކުރިމުގެ ބާރު.

– މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްްދަލުވުމުގައި ވާހަދައްކަމުން ވިޔާ ބޮއާސް ބުނިއެވެ.

މިހާރު ސިޓީގެ މޮޅުވުމެ ރޫހުނެތުމުން އޭގެ ފައިދާ ކޮންމެވެސް ވަރަކަށް އަމިއްލަދަނޑުގައި ކުޅޭއިރު ނެގިދާނެކަމަށް މާސޭގެ ކޯޗް ބުންޏެވެ. ބޮއާސް ބުނީ މިއީ ފިޒިކަލީވެސް ވަރުގަދަ މެޗެކަށް ވާނެކަމަށާއި އޭނާގެ ޓީމުން ނުކުންނާނީ ޕްލޭނަކާ އެކުކަމަށްށެވެ. އެޕްލޭން މަސައްކަތް ކުރާނެތޯ ނުވަތަ ނޫންތޯ އެގޭނީ ޓީމުން މެޗަށް ފޯކަސް ކުރާމިންވަރަކުން ކަމަށެވެ. ބޮއާސް ބުނީ ހުސްވިސީޒަންގައި ލިއޯން ސިޓީގެ މައްޗަށް ހޯދި ކާމިޔާބީ ހިއްވަރު ލިބިގެން މެޗަށް ތައްޔާރުވަމުންދާ ކަމަށެވެ. ދުނިޔޭގެ މޮޅެތި ކޯޗުންނާ ދެކޮޅަށް ނުކުތުމަކީ އަބަދުވެސް އޭނާ އަށް ލިބޭ ޕްރެޝަރެއްކަމަށް ބޮއާސް ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *