މީދޫ ބަނދަރުގެ 80 ޕަސެންޓް މަސައްކަތް ނިންމާލައިފި

މީދޫ ބަނދަރުގެ 80 ޕަސެންޓް މަސައްކަތް ނިންމާލައިފި

Author
މުޙައްމަދު ޝަޒައިމް
27 އޮކްޓޯބަރ 2020 02:12
0

އައްޑޫސިޓީ މީދޫ ބަނދަރު މަޝްރޫޢުގެ 80 ޕަސެންޓް މަސައްކަތް ނިންމާލައިފިއެވެ.

މިދިޔަ އަހަރު އޮކްޓޯބަރު މަހު ޢަމަލީ މަސައްކަތް ފަށާފައިވާ މިބަނދަރުގެ މަސައްކަތުގެ 80 ޕަސެންޓް މިހާރުވަނީ ނިމިފައިވާކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން، ނެރު ފުންކުރުމުގެ މަސައްކަތުގެ 34 ޕަސެންޓާއި އެއްގަމު ތޮށީގެ މަސައްކަތުގެ 85 ޕަސެންޓްވެސް މިހާރު ނިމިފައި ވާކަމަށެވެ.

މިމަޝްރޫއުގެ ދަށުން، 61،396 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 115 މީޓަރުގެ ސަރައްހައްދެއްގައި ބޮޑުގަލުން ބޭރުތޮށްޓެއް ލުމާއިއެކު 621 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިމަޝްރޫޢު ތެރޭގައި 3،150 އަކަމީޓަރުގެ ސަރަހައްދެއްގައި، ޕޭވްމެންޓު ހަދައި، މަގުބައްތި ޖަހައި ރޭމްޕް އެޅުމުގެ މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީދޫ ބަނދަރުހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގައެވެ. މިމަޝްރޫއަށް 33.4 މިލިއަން ރުފިޔާ ޚަރަދު ވާނެ ކަމަށް އެކުންފުނިން ލަފާކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.