ލިވަޕޫލް އޮތީ ފުރިހަމައަށް ތައްޔާރަށް: ކުލޮޕް

ލިވަޕޫލް އޮތީ ފުރިހަމައަށް ތައްޔާރަށް: ކުލޮޕް

ގުޅުންހުރި

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މިރޭ ޑެންމާކްގެ މިޓްޔައެލަންޑާ ދެކޮޅަށް ނުކުންނައިރު ލިވަޕޫލް އޮތީ ފުރިހަމަޔަށް ތައްޔާރުވެފަކަމަށް އެޓީމުގެ ކޯޗު ޔާގެން ކުލޮޕް ބުނެފިއެވެ.

މެޗުގެ ކުރިން ވާހަދައްކަމުން ކުލޮޕްބުނީ ފާއިތުވި މެޗުގައި އެޓްލާންޓައިން 4-0 ލަނޑުން މިޓްޔަލެންޑް ކޮޅަށް ޖަހައި ކާމިޔާބުކުރި ނަމެވެސް އެއީ އެހާ ފަސޭހަކަމެއް ނޫންކަމަށް އޭނާ ގަބޫލްކުރާ ކަމަށެވެ. އޭނާ ބުނީ ޓީމުން މެޗުގައި ރަނގަޅު ނިންމުތައް ނިންމަންޖެހޭ ކަމަށާއި ލިވަޕޫލްއޮތީ އެންމެ ފަހުވަގުތާ ހަމަޔަށް ވެސް ކާމިޔާބު ހޯދަން ކެތްމަދު ވެފަކަމަށެވެ. ކުލޮޕް ބުނީ އެޓީމުން މެޗުގައި ނުކުންނާނީ ވަރަށް ޔަގީންކަމާއި އިތުބާރާއެކު ކަމަށާއި ލިވަޕޫލް އެއީ ގުރޫޕްގައި ވާދަކުރާ ކުޑަ ޓީމެއް ގޮތައް ނުދެކޭކަމަށެވެ. ޗެމްޕިއަންސް ލީގަށް އަންނަނީ ވަރުގަދަ ކުލަބަތައް ކަމަށާއި އެގޮތުން މިޓްޔައެލެންޑަކީވެސް ވަރުގަދަ ޓީމެއްކަމަށް ކުލޮޕް ބުނެފައިވެއެވެ.

ޗެމްޕިއަންސް ލީގުގައި ވާދަނުކުރާނެ ކުޑަޓީމެއް. އަހަރަމެން ނުކުންނާނީ ހުރިހާ އިހުތިރާމަކާ އެކު، މި ނުވާނެ ފައްސޭހަމެޗަކަށް

– ކުލޮޕް

އޭނާ ބުނީ މީގެކުރިން ޑެންމާކުގެ ކޯޕަންހޭގަންގެ ޓީމުން ވެސް ނުރައްކާ ކުރިކަމަށާއި އެގޮތުން މިޓީމަކީވެސް ވަކި ނުރައްކާ ކުޑަޓީމެއް ނޫންކަމަށެވެ. ޗެމްޕިއަންސް ލީގުގެ ތަށި ހަވަނަ ފަހަރަށް ލިވަޕޫލްއަށް ހޯދައިދިން ކޯޗު ބުނީ މެޗަށް ނުކުންނާނީ އެ ޓީމަށް ހުރިހާ އިހުތިރާމެއް ދީގެންކަމަށެވެ. ލިވަޕޫލްވަނީ ގުރޫޕްގެ ފުރަތަމަ މެޗުގައި 1-0 ލަނޑުން އަޔެކްސްގެ މައްޗަށް ކުރިހޯދާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *