ބިންމަތީގައި، ނުބައި ހުރިހާކަމެއް ފާޅުވަނީ އިންސާނާގެ ނުބައި ޢަމަލުތަކުގެ ސަބަބުން: ޚުތުބާ

ބިންމަތީގައި، ނުބައި ހުރިހާކަމެއް ފާޅުވަނީ އިންސާނާގެ ނުބައި ޢަމަލުތަކުގެ ސަބަބުން: ޚުތުބާ

Author
މުޙައްމަދު ޝަޒައިމް
20 އޮގަސްޓް 2021 01:10
0

ބިންމަތީގައި، ފަސާދައާއި، ނުބައި ހުރިހާކަމެއް ފާޅުވަނީ އިންސާނާގެ ނުބައި ޢަމަލުތަކުގެ ސަބަބުން ކަމުގައި ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައިވަނީ "ފާހިޝް ޢަމަލުތަކާއި ދުރުހެލިވުން" މި މަޢުޞޫއަށެވެ. ޚުތުބާގައި ބުނެފައިވަނީ ﷲ ގެ އަމުރުފުޅުތަކާ އެއްގޮތަށް ޢަމަލުތައް ބަހައްޓާނަމަ، މުޖުތަމަޢު އިޞްލާޙުވެ، ބަލިތަކާ ދުރުވެ، ޞިއްޙަތަށް ރައްކާތެރިކަން ލިބޭނެކަމަށެވެ. އެއާ ޚިލާފަށް ނަހީ ކުރައްވާފައިވާ ކަންތައްތަކަށް އަރައިގަންނަ ނަމަ، ބަލިމަޑުކަމާއި، ނާމާންކަން ފެތުރޭނެކަމަށެވެ.

ބައެއް ފާފަތަކާ ގާތް ވެސް ނުވުމަށް މާތް ﷲ އަންގަވާފައިވަނީ، އެކަމުގެ ނުބައިކަމާއި، ދެދުނިޔޭގައި ކުރިމަތިވެދާނެ ގެއްލުން ބޮޑުކަމުންނެވެ. އެއްޗަކާ ގާތް ނުވާން ބުނެއުޅެނީ އެއެއްޗެއްގެ ނުރައްކަލާއި ގެއްލުން ނުހަނު ބޮޑުވީމައެވެ. ޒިނޭއާ ދުރުވުމަށް އެންގެވީ އޭގެ ސުންޕާކަމުގެ ސަބަބުން މުޖުތަމަޢު ފަސާދަވެ، ނަސްލު އޮޅުންބޮޅުންވާނެތީއެވެ. އަދި އީމާންކަން ނިގުޅިގެން ދާނެތީއެވެ.

ޒިނޭ ކުރާ މީހާ، މުއުމިނެއްގެ ގޮތުގައި ހުރެ ޒިނޭއެއް ނުކުރާނެއެވެ. ހިނދުކޮޅެއްގެ އުފަލާއި އަރާމަށް ޓަކައި މަޢުޞޫމު އަންހެނުންނާއި، ފިރިހެނުން ދުނިޔޭގެ ދަހިވެތިކަމާއި، ތިމާގެ ކެހިވެރިކަމުގެ ދަލުގައި ޖައްސައި، މަކަރާއި ޙީލަތުން ފާޙިޝު ޢަމަލުތަކަށް އަރައިގަތުމަށް އެ މީހުންނަށް މަޖުބޫރުކޮށް، ދެދުނިޔޭގެ ބާއްޖަވެރިކަމުން މަޙްރޫމު ނުކުރާށެވެ!

– ޚުތުބާ

ޚުތުބާގައި ބުނެފައިވަނީ ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިތަކާއި ވަބާތަކާ މެދު ވިސްނާލާއިރު، އެންމެ ނުރައްކާތެރިކަން ބޮޑީ ޙަރާމް ގޮތުގައި ހިންގާ ޖިންސީ ގުޅުންތަކުގެ ސަބަބުން ފެތުރޭ ބަލިތަކެވެ. މިފަދަ ބަލިތައް އިންސާނުންގެ ތެރޭގައި ފެތުރެނީ، އިންސާނުން އަމިއްލައަށް ކުރާ ފާޙިޝު ޢަމަލުތަކުގެ ސަބަބުން ކަމުގައެވެ. މާތްﷲ ކަނޑައަޅުއްވާފައިވާ ޝަރުޢީ ނިޒާމުން ބޭރުވުމުގެ ސަބަބުންނެވެ. އެއްޖިންސުގެ ގުޅުމާއި ކައިވެނިން ބޭރުގައި ހިންގާ އެކިއެކި ޖިންސީ ގުޅުންތަކުގެ ތެރެއަށް ބަޔަކު ގެނބިގެން ދިއުމުގެ ސަބަބުންނެވެ.

ފާޙިޝު ޢަމަލުތައް ބައެއްގެ ތެރޭގައި ފެތުރިއްޖެ ނަމަ، ކުރީގެ އުއްމަތްތަކުގެ މީހުންގެ ތެރެއަށް ފާޅުނުކުރައްވާ ބަލިމަޑުކަމާއި ވަބާތައް އެ ބަޔެއްގެ ތެރޭގައި ފާޅުކުރައްވާނޭކަމުގެ އިންޒާރު ކީރިތި ރަސޫލާ ގެ ވަނީ ދެއްވާފައެވެ. މީގެ ކުރިން އެފަދަ ނުބައި ޢަމަލު ހިންގި އުއްމަތްތަކަށް ވެގެންދިޔަ ގޮތް، ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައި ވަނީ، އެވާހަކަތަކުން ޢިބުރަތް ލިބިގަތުމަށްޓަކައެވެ. ނުރައްކާތެރި ބަލިތަކާއި ވަބާތަކާއި، ބޮޑެތި އަޚްލާޤީ ކުށްތަކުން މުޖުތަމަޢު ސަލާމަތް ވާނީ، އިސްލާމް ދީނުގެ އިންތަކުގައި ހިފަހައްޓައިގެން ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.

ޒިނޭކުރުމާއި އެއްޖިންސުން ގުޅުން ހިންގުން އިސްލާމް ދީނުގައި މަނާ ކުރައްވާފައި ވަނީ، ފާފަވެރިވުމުގެ އިތުރުން އެކަންކަމުގެ ސަބަބުން ދިމާވާ އިޖުތިމާޢީ، އަޚްލާޤީ މައްސަލަތަކާއި، ނުރައްކާތެރި ވަބާތަކާއި، ބަލިތަކުން ވެސް ފަރުދުންނާއި މުޖުތަމަޢު ރައްކާތެރި ކުރެއްވުމަށްޓަކައެވެ. އޭގެ ތެރޭގައި އަނގައިގެ ކެންސަރާއި، ރަޙިމުގެ ކެންސަރާއި، ލަދުވެތި ގުނަވަންތަކަށް ޖެހޭ ކިހުނު ބަލި ފަދަ ނުރައްކާތެރި އެތައް ބަލިތަކެއް ހިމެނެއެވެ.

އެ ފަދަ ބައެއް ބަލީގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ހަލާކު ކޮށްލައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބޭސް ކުރިޔަސް ޝިފާ ލިބުން ލަސްވެ، ގުނަވަންތައް ހަލާކުވެ، އެންމެ ފަހުން މަރާ ކުރިމަތިލާން ޖެހެއެވެ. މިއީ މިޒަމާނުގެ ޑޮކްޓަރުން ކަށަވަރުކޮށްދީފައިވާ ޙަޤީޤަތެކެވެ. މީގެ ސާދަ ސަތޭކަ އަހަރު ކުރިން މާތް ނަބިއްޔާ މުއަޝް ޝްވަނީ، އުއްމަތަށް މިކަންކަން އަންގަވައިދެއްވާފައެވެ.

މިއަދު ޒުވާނުންގެ މެދުގައި އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައި އާދަ ފެތުރެމުންދާ ވާހަކައަކީ ވަރަށް ބޮޑަށް ދެކެވޭ ވާހަކައެކެވެ. ފިޠުރަތާ ޚިލާފު
ހުތުރުކަން ބޮޑު، މި ހަޑި މުޑުދާރު ޢަމަލުތަކަށް އަރައިގަތުމުގެ ނުބައި ސުންޕާ ބަލި މުޖްތަމަޢުގައި ވަކިހިއްޕަމުންދާ ވާހަކަތަކަކީ ވަރަށް ހިތާމަވެރި ޚަބަރުތަކެކެވެ.
ނުރައްކާތެރި ވަބާއިން ޒުވާނުންނާއި، މުޅި މުޖުތަމަޢު ސަލާމަތް ކުރުމަކީ، މައިންބަފައިންނާއި މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ. ސަރުކާރާއި
ކަމާބެހޭ ހުރިހާ ފަރާތްތަ ރާތްތަކެއް ގުޅިގެން، ޒުވާނުންނާއި، މުޖްތަމަޢު، މި ނުރައްކާތެރި ވަބާއިން ސަލާމަތް ކުރުމަށް، އާ ހިތްވަރެއް ލާން ޖެހެއެވެ. ރަނގަޅު ގޮތް ވިސްނައިދީ ހެޔޮމަގަށް އެޅުވުމަށްޓަކާ ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަމުގައިވެސް ޚުތުބާގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.