ދިވެހިރާއްޖެ ވެސް ހިމެނޭ ގޮތަށް ދެކުނު އޭޝިއާގެ ގައުމުތަކަށް ހަމަލާދޭން ޠާލިބާނުން ބޭނުންވާނެ ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މެއި މަހުގެ 6 ވަނަ ދުވަހުގެރޭ ދިން ނުރައްކާތެރި ޓެރެރިސްޓް ހަަމަލާއަށްފަހު ރާއްޖޭގައި ރައްކާތެރި މާހައުލެއް ނެތުމުން، ރާއްޖެއަށް ވަޑައިނުގެން އިނގިރޭސިވިލާތުގައި ހުންނަވައި އިންޑިޔާގެ ޓީވީޗެނަލްއެއް ކަމަށްވާ "ޓައިމްސް ނައު" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވަނި ތާލިބާނުންގެ ނުރައްކާ ރާއްޖެއަށް އޮތް މިންވަރާއި އެކަމުގެ ނުރައްކަލާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ އަފްޣާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އައިސް އަތްގަދަ ކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، އެކަމުގެ ބިރު މިހާރު ދެކުނު އޭޝިޔާގެ ގައުމުތަކަށް ފޯރާފައިވާ ކަމަށެވެ. އަދި މިސަރަހައްދުގައި ހަރުކަށި ފިކުރުގެ ޖަމާއަތްތައް ވަރުގަދަކޮށް އެފިކުރު ފެތުރުމުގެ ފުރުސަތު ބޮޑުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ތާލިބާނުން ދެކުނު އޭޝިއާގެ ގައުމުތަކަށް ހަމަލާ ދިނުމަށް ފަސްނުޖެހޭނެކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ތާލިބާނުން ރާއްޖެ، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، އަދި ޕާކިސްތާނަށް ހަމަލާ ދޭން ބޭނުންވާނެ ކަމަށެވެ. މިހާރު މިކަންކަން ކުރުމަށް އެތައް ގުނައަކުން ފަސޭހަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަޝީދުގެ އިންޓަވިއުގައި ވެސް އެމަނިކުފާނު ވަނީ އަފްޣާނިސްތާންގެ ކޮންޓްރޯލް އަލުން ޠާލިބާނުންގެ އަތްދަށަށް ދިޔައީ އެގައުމުގައި ސިޔާސީ ޕާޓީތަކުގެ ދައުރު ފުޅާނުވުމުން ކަމަށެވެ. ނަޝީދު ވިދާޅުވީ ރާއްޖޭގައި ވެސް ހަރުކަށި ފިކުރުގެ މީހުން އެބަތިބި ކަމަށާއި ނަމަވެސް ގިނަ ދިވެހިން ބޭނުން ވަނީ ކުރިއެރުން ހޯދަން ކަމަށެވެ. އަފްޣާނިސްތާންގެ ގިނަ މީހުން ވެސް ބޭނުން ވަނީ އެގޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އިންޑިއާއިން އަފްޣާނިސްތާނުގެ މައްސަލައިގައި އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި، އަސްކަރިއްޔާ ފޮނުވައިގެން ނޫނަސް މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރެވޭނެ ކަމަށެވެ.
2 Responses
Ey vaanuvaa neyngey soraa.
Kihineh veganegentha thi thilhi aruvanee.
މިއަދުވެސް ބޭސްނުކާތިހިރީ