ތައިލެންޑްގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ޑޮން ޕްރަމުދްވިނާއީ އާއި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިއަދު ވަރޗުއަލްކޮށް ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ކޯވިޑް-19ގެ ޙާލަތު ދެ ޤައުމުގައި އޮތް ގޮތާއި، މި ބަލިމަޑިކަމުން އަރައިގަތުމަށް ދެޤައުމުގައި ކުރެވޭ މަސައްކަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އިތުރުން، ކޯވިޑް-19ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތާ ބެހޭ ގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.
މިނިސްޓަރ ޝާހިދު ވަނީ ތައިލެންޑުން ވޭތުވެދިޔަ ތަނުގައި، ޚާއްސަކޮށް ކޯވިޑް-19ގެ ބަލިމަޑުކަމުގައި ދިވެހިރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން ތައުލީމު، ޒުވާނުން، ސަގާފަތާއި ފަތުރުވެރިކަން ފަދަ އެކި ދާއިރާތަކުން ދެޤައުމު ގުޅިގެން އިތުރަށް މަސައްކަތްކުރުމާއި، އދ.ގެ ތެރެއިން ދެޤައުމު ގުޅިގެން އިތުރަށް މަސައްކަތްކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ