ބާސެލޯނާ މެޗުން ނެރުނު ހިއްވަރު ދައްކަން ޖެހޭ: ޒިދާން

ބާސެލޯނާ މެޗުން ނެރުނު ހިއްވަރު ދައްކަން ޖެހޭ: ޒިދާން

ގުޅުންހުރި

ޗެމްޕިއަންސްލީގް ފުޓްބޯޅަ މުބާރާތުގައި މިރޭ ޖަރުމަނުގެ މުންޗެންގްލަޑްބެކްއާ ދެކޮޅަށް ނުކުންނައިރު މި ސީޒަނުގައި އެލްކްލެސީކޯ މެޗުގައި ނެރުނު ހިއްވަރު ދައްކަން ޖެހޭކަމަށް ރެއާލްމެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

މެޗުގެ ކުރިން ވާހަދައްކަމުން ޒިދާން ބުނީ އެމެޗުގައި ދެއްކިފަދަ ކުޅުމެއް ދެއްކިއްޖެ ކަމަށް ވާނަ މުންޗެންގްލެބެކް އަތުން މޮޅުވެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. މިމެޗަކީ އެހާ ފައްސޭހަމެޗަށް ނުވާނެކަމަށާއި ކޮންމެ ތިންދުވަހުކުން މިހާރު މިފަދަ މެޗުތަކާއި ކުރިމަތިލާން ޖެހިފަވާކަމަށް ޒިދާން ބުނިއެވެ. އޭނާ ބުނީ ދިގު ސީޒަނެއްގައި ގަނަ މުބާރާތް ތކެއްގައި ވާދަކުރަންޖެހުމުން ގިނަ ކުޅުންތެރިން މެޑްރިޑްކަހަލަ ޓީމަކަށް ބޭނުންވާކަމަށެވެ.

މީއީ ކޮންމެހެން ހޯދަންޖެހޭ މުހިންމު ތިންޕޮއިންޓް، ބާސެލޯނާ މެޗުގެ ނެރުނު ހިއްވަރު ނެރެންޖެހޭ، މިހެން މެޗުކުޅުމަކީ އެއްވެސް ބަޔަކަށް ފައްސޭހަކަމެއް ނޫން.

– ޒިދާން

ކޮންމެ މެޗެއްގައި ވެސް ކުޅެން ބޭނުންވާ ކުޅުންތެރިން އޭނާގެ ސްކޮޑުގައި ތިބޭ ކަމަށާއި އެކަމަކު އޭނާ އަބަދުވެސް ފުރުސަތު ދޭނީ އެންމެ ފިޓްކޮށް ތިބޭ ކުޅުންތެރިންނަށް ކަމަށް ޒިދާން ބުނިއެވެ. މި ގުރޫޕްގައި ފުރަތަމަ ކުޅުނު މެޗު ޔުކްރެއިނުގެ ޝަހްތަރު އަތުން މެޑްރިޑު ވަނީ އަމިއްލަދަނޑުގައި ކުޅެ ބަލިވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *