މަސްދޯނި ހައިޖެކްކުރަން އުޅުނު މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފި

މަސްދޯނި ހައިޖެކްކުރަން އުޅުނު މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
27 އޮކްޓޯބަރ 2020 10:41
0

ލ.އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު އެދޯންޏަށް އަރައި ވަޅިން ބިރު ދެއްކި މައްސަލާގައި3 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏަކަށް ތޫނުއެއްޗިއްސާއެކު އެރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން 3 މީހަކު ރޭ ހައްޔަރުކޮށްފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 25 އަހަރުގެ ދެ ފިރިހެނުންނާއި 22 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުންވިދާޅުވިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން މައުލޫމާތު ސާފުކުރި ކުރުމުން އެދޯނި ލ.މަގު ތުޑިއަށްކައިރި ކުރިކަން އެނގިފައިވައެވެ. އަދި ފުލުހުން ދޯންޏަށްގޮސް ބެލިބެލުމުން ދޯންޏަށް އިތުރު ބަޔަކު އަރަފައިވާކަމަށާއި، ނަމަވެސް އެއްވެސް މާރާމަރީއެއް ހިންގާފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް ދޯންޏަށް ގެންދިޔަކަމަށް ބެލެވޭ ތޫނު އެއްޗިހި ދޯނިތެރޭގައި ހުރުމުން އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި މިއީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏަކަށްވެފައި އެއްބަސްވުމަށް އަމަލުނުކުރާކަމަށް ބުނެ، ދޯންޏަށް ދިޔަބަޔަކުކަމަށް މައުލޫމާތު ލިބެއެވެ. މިމައްސަލަ ތަހުޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.