މެމްބަރު ޝިޔާމްގެ ހާލުކޮޅުދެރަވެ އޭޑީކޭގައި ފަރުވާދެނީ

މެމްބަރު ޝިޔާމްގެ ހާލުކޮޅުދެރަވެ އޭޑީކޭގައި ފަރުވާދެނީ

Author
މުޙައްމަދު ޝަޒައިމް
27 އޮކްޓޯބަރ 2020 10:09
0

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝީޔާމްގެ ޞިއްޚީ ހާލުކޮޅު ދެރަވެ އޭޑީކޭގައި ފަރުވާދޭން ފަށައިފިއެވެ.

ޕީޕީއެމްއިން ވިދާޅުވީ މެމްބަރު ޝިޔާމްގެ ހާލުކޮޅު ކުއްލިގޮތަކަށް ދެރަވެ އޭޑިކޭގައި ފަރުވާދެމުންދާކަމަށެވެ. ނަމަވެސް މިހާތަނަށް ޝިޔާމަށް ދިމާވި މައްސަލައެއް ސާފުނުވާކަމަށް އެޕާޓީން ބުނެއެވެ. އަދި މިހާރު ޓެސްޓްތައް ހަދަމުންދާކަމަށް ޕީޕީއެމްއިން ބުނެއެވެ.

މެމްބަރު ޝިޔާމްއަކީ ޕީޕީއެމްގެ ހަރަކާތްތަކުގައި އެންމެ އިސްކޮ ހަރަކާތްތެރިވާ އެއް މެމްބަރެވެ. އަދި މަޖިލީހުގައި އިދިކޮޅުގެ އަޑު އެންމެބޮޑަށް އިއްވާ އަދި ސަރުކާރު ޖަވާބު ދާރީ ކުރުމުގައި އެންމެ އިސްދައުރެއް އަދާކުރައްވާ އެއްބޭފުޅަކީވެސް މެމްބަރު ޝިޔާމްއެވެ. ޝީޔާމްގެ ހާލަތު ދެރަވެ ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ މިއަދު ބޭއްވުމަށް ހަމަޖެހުނު އެޕާޓީގެ ޕްރެސް ކޮންފަރެންސްވެސް ވަނީ ކެންސަލް ކޮށްފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.