ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ކްރިމިނަލްކޯޓުން ދީފައިވާ މުއްދަތު އޯގަސްޓް މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައިވާ ނޫންތޯ ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޒީ އަޙްމަދު ހައިލަމް ސުވާލު އުފައްދަވައިފިއެވެ.
ޖިންސީ ގޯނާގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލާގައި ސްޕްރީމް ކޯޓުން ކުރިހުކުމް ތަންފީޒު ކުރުމަށް ރާއްޖެ ގެނައުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.
އެކަމާގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ހައިލަމް ވަނީ، ޢަލީ ވަޙީދުގެ މައްޗަށް ރެޑް ނޯޓިސް ނެރުމަށް އިންޓަޕޯލްގައި ފުލުހުން އެދުނީ އެދުނީ ކޮން ކޯޓެއްގެ އަމުރަކުން ބާރު ލިބިގެންތޯ ސުވާލު އުފައްދަވާފައެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުގެ ޙުރުމަތް ކަނޑާލި މައްސަލައިގެ ޙުކުމް ތަންފީޒުކުރަންތޯއާއި، ކްރިމިނަލް ކޯޓުން ވަނީ ޢަލީ ވަޙީދުގެ ބޭސް ފަރުވާގެ މުއްދަތު 26 އޮގަސްޓަށް އިތުރުކޮށްދީފައި ނޫންތޯ ހައިލަމް ވަނީ ސުވާލު އުފައްދަވާފައެވެ.
ބޭސް ފަރުވާއަށްކަމަށް ވިދާޅުވެ ޢަލީ ވަޙީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތީ ހަތަރު މަހުގެ މުއްދަތަކަށް ކްރިމިނަލް ކޯޓުން ދިން ހުއްދަޔާއެކުއެވެ. އެހެންނަމަވެސް މިހާތަނަށްވެސް އޭނާ ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.
ސުޕްރީމް ކޯޓަށް ހާޒިރުވާން އެންގުމުން ވެސް ހާޒިރު ނުވެ ހުރުމަތް ކަނޑާލި މައްސަލައިގައި ޢަލީ ވަޙީދު 2 މަހާއި، 12 ދުވަހަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އަލީ ވަހީދުގެ ހުކުމް ތަންފީޒު ކުރުމަށް ސްޕްރީމްކޯޓުން ވަނީ ކަރެކްޝަންގެ މައްޗަށް އަމުރުކޮށްފައެވެ.
ޢަލީ ވަޙީދުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެކެވެ.
2 Responses
ޙައިލަމް ގޭންގްތަކާއި ގުޅިގެން ކްރުމިނަލް ކޯރޓު ހިންގިހެނެއް މިހާރު ކަންތަކެއް ނުކުރެވޭނެއެވެ. ސަރުކާރުގެ ކޮންމެ ކަމަކާބެހެން މީކާކު ހެއްޔެވެ؟
Alee raseedu thee kaaku kakeyaa beheykameh noomee kukulhah vurebithoshinuve hurey hailam aahisaabah dhaan dhigarunubeynun kaley