ޑިޕްލޮމެޓިކް ޕާސްޕޯޓެއް ލިބުނުގޮތް އިލްޔާސް އޮޅުންފިލުވައި ދެއްވައިފި

ޑިޕްލޮމެޓިކް ޕާސްޕޯޓެއް ލިބުނުގޮތް އިލްޔާސް އޮޅުންފިލުވައި ދެއްވައިފި

Author
މުޙައްމަދު ޝަޒައިމް
15 އޮގަސްޓް 2021 09:37
0

ދީނީ ޢިލްމުވެރިޔާ އަދި ވެރިކަން ކުރަމުންދާ ކޯލިޝަންގެ އެންމެ ނުފޫޒު ގަދަ އެއް ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގައި ހިމެނޭ ޝައިޚު އިލްޔާސް ހުސެއިންއަށް ޑިޕްލޮމެޓިކް ޕާސްޕޯޓެއް ދިނުމާ ގުޅޭގޮތުން ދެކެވޭ ވާހަތައް ސާފުކޮށް ދެއްވައިފިއެވެ.

ކްލަބްހައުސްގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައި، އިލްޔާސް ވިދާޅުވީ ދަރިކަލުން މެލޭޝިޔާގައި ކިޔަވަން ހުންނާތީ އެކޮޅުގައި މަޑު ކުރުމަށް ވިސާ އެއް ހޯދަން އެދިގެން އެކަން ނުވެފައި އޮންނާތީ ދިވެހި ސަރުކާރުގައި އެދުމުން ދިވެހި ސަރުކާރުން ޑިޕްލޮމެޓިކް ޕާސްޕޯޓެއް ދެއްވީކަމަށެވެ.

ހައި ކޮމިޝަންގެ ރަމްޒީ މަގާމެއްގައި ހުންނަވައިގެން ޑިޕްލޮމެޓިކް ޕާސްޕޯޓެއް ގެންގުޅުމަކީ ދީނީ ގޮތުންނާއި ގާނޫނީގޮތުން މަނާކަމެއްތޯ ނުވަތަ ނޫންތޯ އެ ބައްދަލުވުމުގެ ބައިވެރިޔަކު ވަނީ ޝައިޚް އިލްޔާސްއާ ސުވާލުކުރުމުން ވިދާޅުވީ އެއީ ދީނީގޮތުންނާއި ގާނޫނީ ގޮތުންވެސް މަނާކަމެއްކަން އެނގިވަޑައިގެންފައިނުވާ ކަމަށެވެ. ފޮރިން މިނިސްޓްރީން އެ ޝަރަފު ދެވޭނެ ކަމަށް ވިދާޅުވުމުން ޕާސްޕޯޓު ހައްދާފައިވާނެކަމަށް ޝައިޚު އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސްއަކީ މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ކައުންސެލަރ ޓު ދަ އެމްބެސެޑަރގެ މަޤާމު ފުރުއްވަމުންދާ ބޭފުޅެކެވެ. އިލްޔާސް ވިދާޅުވީ އެ މަޤާމުގައި ހުންނެވި ނަމަވެސް އެއްވެސް މުސާރައެއް ނުނަންގަވާކަމަށެވެ. އަދި އެއީ ހަމައެކަނި ލިޔެކިޔުމުން އޮންނަ މަޤާމެއް ކަމަށް ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.