"ބަޅޭ އައްޗޭ ލަގްތޭ ހޭ"ގެ ޕްރޮމޯ ދައްކާލައިފި

"ބަޅޭ އައްޗޭ ލަގްތޭ ހޭ"ގެ ޕްރޮމޯ ދައްކާލައިފި

Author
ފާތިމަތު ނާވީ
17 އޮގަސްޓް 2021 05:27
0

ދިޝާ ޕަރްމަރް އާއި ނުކުލް މެހެތާގެ އައު ޑްރާމާ ސީރީޒް "ބަޅޭ އައްޗޭ ލަގްތޭ ހޭ-2″ ގެ ޕްރޮމޯ ދައްކާލައިފިއެވެ.

މީ ވަރަށް ގިނަ ބަޔެއްގެ އިންތިޒާރުގެ ނިމުމެވެ.

ފުރަތަމަ ޕްރޮމޯ އާއި އެކު ގިނަ ބަޔަކު މިހާރު އެ ޑްރާމާ ފަށާނެ އިރަކަށް ދަނީ އިންތިޒާރު ކުރަމުންނެވެ. ޕްރޮޑިއުސަރ އެކްތާ ކަޕޫރު ވަނީ މި ޕްރޮމޯ އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ.

 

View this post on Instagram

 

A post shared by Erk❤️rek (@ektarkapoor)

"ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ ނަމުގައި އެކްތާ ވަނީ މީގެ ކުރިންވެސް ޑްރާމާއެއް ގެނެސްދީފައެވެ. 2011 އިން 2014 އަށް ގެނެސްދިން މިޑްރާމާގައި ފެނިގެން ދިއައީ ސާކްޝީ ތަންވަރް އާއި ރާމް ކަޕުރެވެ. މިއީ ވަރަށް މަގުބޫލުވި ޑްރާމާއެކެވެ.

މިފަހަރުގެ ޑްރާމާގައި ވެސް ފެނިގެންދާނީ ދެ މިޒާޖެއްގެ ދެމީހަކު ދިމާވެ ކައިވެނިކޮށްގެން އެކުގައި އުޅެން ކުރާ މަސައްކަތެވެ.

މި ޑްރާމާގެ ކާސްޓް ތައާރަފު ކުރުމުގެ ގޮތުން އެކްތާ ވަނީ ނުކުލް އަދި ދިޝާ އާއިއެކު އިންސްޓަގްރާމް ލައިވެއް ކުއިރަށް ގެންގޮސްފައެވެ. އެކްތާ ބުނެފައިވަނީ 10 އަހަރު ފަހުން މި ވާހަކަ އަލުން އަނބުރާ ގެނެސް ދިނުމަކީ ފަހުރެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.