ކުރީގެ ބަންޑާރަ ނާއިބް އަދި، ޖާބިރުގެ ކުރީގެ އަނބިކަބަލުން ދިޔާނާ ސައީދަކީ ހަށިގަނޑުގެ އެއްބައި ކަމަށާއި، މިވަގުތު ކަންކަން ހުރި ގޮތުން ކުޑަ ބްރޭކެއް ނެގީކަމުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެެވެ.
ޖާބިރުއާއި ދިޔާނާއާއި ވަރިވެފައިވާކަން ހާމަކުރީ ދިޔާނާއެެވެ. ދިޔާނާއަކީ އެއްވެސް މީހެއްގެ އަންބެއް ނޫންކަމަށް އެނާ ބުނެފައިވަނީ 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ޕްރޮފެސަރ ހަސަން އުގައިލް ވާދަކުރެއްވުމުގެ ކުރިން ރާއްޖެއަށް އެކަށޭނަ ޚިދުމަތެއް ކޮށްދެއްވަން ޖެހޭކަމުގައި އޭނާ ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން މީހަކު ޓުވިޓާގައި ކުރި ކޮމެންޓަކަށް ރައްދު ދެއްވަމުންނެވެ.
ދިޔާނާއާއި ޖާބިރު ކައިވެނީގެ ގޮތުން ގުޅިގެން އުޅޭތާ 15 އަހަރަށްވުރެއް ގިނަ ދުވަސް ވެދާނެއެވެ. ދިޔާނާއާއި ގުޅޭގޮތުން ޖާބިރު ވަނީ އެކި ހާލަތްތަކުގައި ވަރަށް ބޮޑަށް ތަޢުރީފް ކުރައްވައި، ވާހަކަ ދައްކާފައެވެ.
ދިޔާނާއާއި ޖާބިރާއި ކައިވެނީގެ ގުޅުން ނިމުމަކަށް އައިސްފައިވާ ގޮތާއި ގުޅޭގޮތުން ޖާބިރު ވިދާޅުވެފައިވަނީ ދިޔާނާ އާއި އޭނާގެ މެދުގައި މައްސަލައެއް އޮތީ ނޫންކަމަށާއި ދެ މީހުންވެސް ކަންކަމާއި ވިސްނާލަން "ބްރޭކެއް" ނެގީ ކަމަށެވެ. އެކަން އެންމެންނަށް ސާފުކޮށްދޭން ބޭނުންވާކަންވެސް ޖާބިރު ފާހަގަ ކުރެއްވިއެވެ. ޖާބިރު ވިދާޅުވީ އޭނާ އެހެން މީހަކާ ނުގުޅޭނެ ކަމަށާއި އެކަމުގެ އެއްވެސް ވިސްނުމެއްވެސް ނުގެން ގުޅުންވާނެކަމަށެވެ.
އަޅުގަނޑުގެ އަންހެނުންނާ އެއްކޮށް އަޅުގަނޑު ހުންނާނީ. އެހެން މީހާކަ އިންނަން އުޅެނީއެއް ނޫން. މީހަކާ ހިތާވެގެން އުޅެނީއެއް ނޫން. އެކަހަލަ އިންޓްރެސްޓެއްވެސް ނެތް. މައްސަލައެއްވެސް ދެމީހުންގެ ދޭތެރޭ ނެތް.
– ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އާއި ދިޔާނާގެ ކައިވެންޏަށް ދެ ބޭފުޅުން ވަނީ ލިބިވަޑައިގެންފައެވެ. ދިޔާނާ އާއި ކައިވެނި ބައްލަވައިގެންނެވުމުގެ ކުރިން ޖާބިރު ކައިވެންޏެއް ކުރެއްވެވިއެވެ. އެކައިވެންޏަށް ވެސް ދެދަރިން ލިބިފައިވެއެވެ.
ކޮމެންޓު ފޮނުވާ