ނޭޝަނަލް ޕާޓީން އައްޑު އަތޮޅު ހިތަދޫގައި ޕާޓީގެ އޮފީހެއް ހުޅުވަނީ

ނޭޝަނަލް ޕާޓީން އައްޑު އަތޮޅު ހިތަދޫގައި ޕާޓީގެ އޮފީހެއް ހުޅުވަނީ

Author
ހުސެއިން
12 އޮގަސްޓް 2021 06:20
0

ރައްޔިތުންގެ މަޖިލިހުގެ ދަގެތީ ދާއިރާގެ މެމްބަރު ކާނަލް ނާޒިމް އިސްވެ ހުންނަވާ، އުފެއްދުމަށް މަސައްކަތް ކުރަމުންދާ މޯލްޑިްވސް ނޭޝަނަލް ޕާޓީން އައްޑު އަތޮޅު ހިތަދޫގައި ޕާޓީގެ އޮފީހެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ނޭޝަނަލް ޕާޓީން ޓުވީޓު ކޮށްފައިވަ ގޮތުގައި، އެޕަޓީން ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުމަށްޓަކާ، އައްޑުއަތޮޅު ހިތަދޫގައި ގާއިމް ކުރާ މިއޮފީސް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިޔަށެވެ.

ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް އަތޮޅުގައި އެޕާޓީގެ އޮފީހެއް ހުޅުވުމުގެ މަސައްކަތް ފަށާފައި ވާއިރު، މީގެ 2 ހަފްތާކުރިން އެޕާޓީންވަނީ މާލޭގައިވެސް ރެޖިސްޓްރޭޝަނަށް ޚާއްސަކޮށް ޕާޓީގެ އޮފީހެއް ގާއިމް ކޮށްފައެވެ.

އަދި އެމްއެންޕީން ހާމަ ކޮށްފައިވާ ގޮތުގައި ޕާޓީގެ މެމްބަރޝިޕް އިތުރުކުރުމަށްޓަކާ ރާއްޖެތެރޭގެ އެކިރަށްތަކަށް ޕާޓީގެ ފަރާތުން ވަރަށް އަވަހަށް ދަތުރުތައް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން ވަރަށް އަވަހަށް ޕާޓީގެ ވަފުދެއް އައްޑުއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިވައެވެ. އަދި މިދަތުރުގައި އައްޑޫގެ ވަރަށް އިސްބޭފުޅުންކޮޅެއް އެމްއެންޕީއަށް ސޮއިކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އެމްއެންޕީއަށް މެންބަރުން ހޯދުމަށް ގިނަ ހަރަކާތްތަކެއް ވަރަށް އަވަހަށް ފަށާނެ ކަމަށާއި މިއަހަރުގެ ސެޕްޓްމަބަރު މަހު ޕާޓީ އުފައްދަން ޖަލްސާއެއް ބޭއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މީގެކުރިން ކާނަލް ނާޒިމް ވިދާޅުވެފައި ވެއެވެ.

އެމްއެންޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމަށެވެ.

ޕާޓީ އުފެއްދުމުގައި އުޝާމް އާއި ނާޒިމްގެ އިތުރުން ހަރަކާތްތެރިވަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް މިއަދުގެ ޕްރެސްކޮންފަރެންސްގައި ވަނީ ބައިވެރިވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.