ކަރީނާ ފުރަތަމަ ފަހަރަށް ފިލްމެއް ޕްރޮޑިއުސް ކުރަނީ!

ކަރީނާ ފުރަތަމަ ފަހަރަށް ފިލްމެއް ޕްރޮޑިއުސް ކުރަނީ!

Author
ފާތިމަތު ނާވީ
13 އޮގަސްޓް 2021 07:38
0

ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު ފުރަތަމަ ފަހަރަށް އަމިއްލައަށް ޕްރޮޑިއުސްކޮށް ފިލްމެއް ކުޅެން ނިންމައި އިންސްޓަގްރާމްގައި އިއުލާން ކޮށްފިއެވެ.

އެކްތާ ކްޕޫރާއި ހަންސަލް މެހެތާ އާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުން ކަރީނާ ބުނެފައިވަނީ ފިލްމެއް ޕްރޮޑިއުސް ކުރަން ނިންމާފައިވާކަމަށެވެ. އަދި ވަކިނަމެއް ނުދޭ މި ފިލްމަކީ ކަރީނާ ޕްރޮޑިއުސް ކުރާ ފުރަތަމަ ފިލްމެވެ.

ކަރީނާއާ އެކު މި ފިލްމު ޕްރޮޑިއުސްކުރަނީ ޕްރޮޑިއުސަރ އެކްތާ ކަޕޫރެވެ. އެކްތާއަކީ ކަރީނާގެ 2018 ގެ ފިލްމު "ވީރޭ ދީ ވެޑިން" ގެ ވެސް ޕްރިޑިއުސަރެވެ.

އިނގިރޭސިވިލާތުގައި މަންޒަރުތައް ނަގަން ހަމަޖެހިފައިވާ މި ފިލްމަކީ ތަފާތު ކޮންސެޕްޓަކަށް ހަދާ ތުރިލާއެއް ކަމަށް ޚަބަރުތައް ބުނެއެވެ. މި ފިލްމްމުން ކަރީނާ އާއިއެކުގައި ފެނިގެން ދާނެ ތަރިން އަދި އިއުލާނެއް ނުކުރުއެވެ. އަދި މި ފިލްމް ރިލީޒްކުރާނެ ތާރީހެއްވެސް ހާމައެއް ނުކުރެއެވެ.

ކަރީނާގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރުގައި ރިލީޒްކުރާނެ ކަމަށް ބެލެވޭ އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.