ނަޝީދުއާއި ޔާމިންވެސް ވިދާޅުވަނީ ވެރިކަން ކުރުމުގެ އެންމެ ރަގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމުގައި

އެމްޑީޕީއާއި ޕީޕީއެމް ގުޅުމަކީ މަލްޓިޕާޓީ ނިޒާމަކަށް ރަނގަޅު ގޮތެއް ނޫން: ރައީސް

އެމްޑީޕީއާއި ޕީޕީއެމް ގުޅުމަކީ މަލްޓިޕާޓީ ނިޒާމަކަށް ރަނގަޅު ގޮތެއް ނޫން: ރައީސް

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއި އިދިކޮޅު ޕާޓީ ޕީޕީއެމް ގުޅިގެން މަސައްކަތް ކުރުމަކީ ގައުމީ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމްޑީޕީއާއި ޕީޕީއެމް ކޯލިޝަން ހަދައި ސިޔާސީގޮތުން އެކުގައި މަސައްކަތްކުރަން ފަށައިފިނަމަ ރާއްޖޭގައި މިހާރު އޮތް މަލްޓިޕާޓީ ނިޒާމް ނިމުމަކަށް އައުމުގެ ބިރު އެބައޮތް ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އޮތީ ގިނަ ޕާޓީތަކެއް އެކުލެވޭ ސިޔާސީ ނިޒާމެއް ކަމަށާއި މިވަގުތު ރާއްޖޭގައި އޮތް މައި ދެ ސިޔާސީ ފިކުރަކީ އެމްޑީޕީ އާއި ޕީޕީއެމްކަން ކަމަށެވެ. އަދި މި ދެފިކުރު އެއް ވެއްޖެނަމަ ރާއްޖޭގައި މިހާރު އޮތް ސިޔާސީ ނިޒާމު ހުއްޓޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ސިޔާސީ ނިޒާމަށް އަދި މަސްލަހަތަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެ ދެ ޕާޓީ ދެ ފަރާތުގައި ތިބުން. ދެ ފިކުރު އެއްވެގެން މަސައްކަތް ކުރުމަކީ ސިޔާސީ ގޮތުން ވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،"

– ރައީސް

ރައީސް ވިދާޅުވީ އިދިކޮޅު ޕާޓީއާއި ގުޅިގެން މަސައްކަތްކުރުމުގެ ނިންމުމެއް އެމްޑީޕީގެ އެއްވެސް ގުނަވަނަކުން މިހާތަނަށް ނިންމާފައި ނުވާ ކަމަށެވެ.

މީގެއިތުރުން ރައީސް ޞާލިހު ވިދާޅުވީ ރައީސް ނަޝީދާ ސިޔާސީގޮތުން ޚިޔާލު ތަފާތުވާ ކަންކަން އަބަދުވެސް ކުރިމަތި ވާކަމަށާއި އެގޮތުން ނަޝީދު ވެރިކަމުގައި ހުންނެވިއިރު ވެސް ޚިޔާލު ތަފާތުވި ކަންކަން ދިމާވި ކަމަށެވެ. ނަމަވެސް އަބަދުވެސް އެމަނިކުފާނުގެ ހިޔާލުފުޅު ފާޅުކޮށް ނަޝީދަށް ދަންނަވަމުން ގެންދަވާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައި ވާއިރު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ، އިދިކޮޅު ޕާޓީއާއެކު ސިޔާސީ މަސައްކަތްކުރުމަށް ބޭނުންވާކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެގޮތުން "އިންޑިއާ އައުޓް" ގޮވުމަށް ތާއީދު ނުކުރާ އަދި ނަފްރަތުގެ ބިލަށް ތާއީދު ކުރާ ނަމަ އިދިކޮޅު ޕީޕީއެމާއެކު މަސައްކަތް ކުރާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *