ޕީޕީއެމް ޒުވާނުންގެ ޚާއްސަ ޖަލްސާއެއް ހުކުރު ދުވަހުގެރޭ

ޕީޕީއެމް ޒުވާނުންގެ ޚާއްސަ ޖަލްސާއެއް ހުކުރު ދުވަހުގެރޭ

Author
މުޙައްމަދު ޝަޒައިމް
11 އޮގަސްޓް 2021 04:08
0

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޒުވާނުން އިސްނަގައިގެން ބާއްވާ ޚާއްސަ ޖަލްސާއެއް ހުކުރު ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މިޖަލްސާއަކީ ޕީޕީއެމްއެމްއާއި، ޕީއެންސީގެ ޒުވާނުން އިސްނަގައިގެން ބާއްވާ ޚާއްސަ ޖަލްސާއެކެވެ. މިޖަލްސާގައި ކޯލިޝަންގެ އެންމެހާ ޒުވާނުންނާއި، ރާއްޖޭގެ އެންމެހައި ޒުވާނުންނަށް ވަނީ ދައުވަތު ދީފައެވެ. ހުކުރު ދުވަހުގެރޭ 9 ޖަހާއިރު، ޕީޕީއެމް އޮފީސް ދޮރުމަތީގައި ބާއްވާ މިޖަލްސާގައި ދެޕާޓީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގެންދަނީ، ސިޔާސީ ހަރަކާތްތައް އިތުރުކޮށް، ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ޚާއްސަ ހަރަކާތްތައް ހިންގަމުންނެވެ.

އަދި ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަންގެ މެނިފެސްޓޯ އެކުލަވާލުމުގެ ދަތުރުތައްވެސް އެކޯލިޝަނުން ވަނީ ފައްޓަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.