ތާއީދު އޮތީ ނަޝީދަށް، ރައީސް ޞާލިހަށް ވޯޓުދިނީ ނަޝީދު ވިދާޅުވުމުން: އަފީފް

ތާއީދު އޮތީ ނަޝީދަށް، ރައީސް ޞާލިހަށް ވޯޓުދިނީ ނަޝީދު ވިދާޅުވުމުން: އަފީފް

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ގެނައުމަށް ރައްޔިތުން ވޯޓުދިނީ ރައީސް ނަޝީދު އެކަމަށް އެދުމުންކަމަށާއި، އަދިވެސް ރައްޔިތުންގެ ތާއީދު އޮތީ ނަޝީދަށް ކަމުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރު ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ސަރުކާރާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރޭ ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ، ރައީސް ޞާލިހު މިވަގުތު ރައީސް ކަމުގައި ހުންނެވުމުން ކައިރީގައި ތިއްބެވި ބޭފުޅުންގެ ތާއީދާއި، ޕާޓީގެ އިސްބޭފުޅުންގެ ތާއީދު އޮތްނަމަވެސް އެއީ ރައްޔިތުންގެއް ތައީދެއް ނޫންކަމަށެވެ. ރައީސް ޞާލިހަށް ވަރަށް ވަޑައިގެންނެވުނީވެސް ރައީސް ނަޝީދު ކުރެއްވި މަސައްކަތުންކަމަށާއި، ރައީސް ޞާލިހަށް ވޯޓު ދިނުމަށް ނަޝީދު އެދުމުން އެތައް ބަޔަކު ރައީސް ޞާލިހަށް ވޯޓު ދެއްވިކަމަށް އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ރައީސް ޞާލިހަކީ އަދާލަތު ޕާޓީގެ މެމްބަރެއްކަމަށް ވިދާޅުވެ ވަހަކަ ދެއްކެވުމުން އޭނާއާއިމެދު ފިޔަވަޅު އެޅުމަށްވެސް ރައީސް ޞާލިހު އަންގަވާފައިވާކަމަށެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އެވާހަތަކައި ގުޅިގެން ކުރެއްވި ޓްވީޓުކަމަށް އަފީފް ވިދާޅުވިއެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ރައީސް ޞާލިހަކީ އެމްޑީޕީ މެމްބަރެއް ނޫންކަމަށް ވިދާޅުވާނީވެސް އެމްޑީޕީގެ މެމްބަރެއް ނޫންކަމަށެވެ.

އޭނާ ވިދާޅުވީ ވެރިކަމަށް ގެނައުމަށް އެންމެ ބުރަ މަސައްކަތެއް ކުރެއްވި ބޭފުޅާ ސަރުކާރުގެ ތެރެއިންނާއި، ޕާޓީގެ އެތެރެއިން ބޭރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި މެދު ކަންބޮޑުވާކަމަށް އަފީފް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް ސޯލިހަށް ވެސް ވެރިކަން ލިބި، ރައީސުލްޖުމްހޫރިއްޔާގެ މަގާމު ކަމުދިއުމުން މިހާރު ދެން ބޭނުންވަނީ ދެވަނަ ދައުރަކަށް ކުރިމަތި ލެއްވުމަށްކަމަށެވެ.

ވެރިކަމުގެ ދެވަނަ ދައުރަކަށް ރައީސްގެ ޝައުގުވެރިކަން ހުރިކަން ފާހަގަކޮށް އަފީފް ވިދާޅުވީ ރައީސް ޞާލިހުވެސް މަސައްކަތް ކުރައްވަމުން ރައީސް މައުމޫން މަސައްކަތް ކުރެއްވި މަގުންކަމަށެވެ. އެއީ އެއްވެސް ހާލެއްގައި ބަލައި ގަނެވޭނެ ކަމެއްނޫންކަމަށާއި، އެމްޑީޕީއަކީ ޑިމޮކްރަޓިކް އުސޫލުން ހިނގާ ޕާޓީއެއްކަމަށް ވާނަމަ އެންމެނަށް ހަމަހަމަ ފުރުސަތު އޮންނަން ޖެހޭކަމަށް އަފީފް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *