މަހުލޫފްގެ ދިފާޢުގައި ވިސާމް: ސިޔާސީ މަންފާ ހޯދުމަށް އަނެކާ ކަތިލެވިގެން ނުވާނެ

މަހުލޫފްގެ ދިފާޢުގައި ވިސާމް: ސިޔާސީ މަންފާ ހޯދުމަށް އަނެކާ ކަތިލެވިގެން ނުވާނެ

Author
މުޙައްމަދު ޝަޒައިމް
10 އޮގަސްޓް 2021 05:11
0

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އެކި ފަހަރު މަތީން މިނިސްޓަރ މަހުލޫފްއާއި މެދު އަމަލު ކުރަމުންދަނީ ވަރަށް ޒާތީކޮށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

ކުރިން ނިންމަވައިގެން ހުންނެވީ ޕީޖީ އޮފީހުން މައްސަލާގައި ގޮތެއް ނިންމީމަ އިސްތިއުފާ ދޭން ނަމަވެސް ދެން ދައުވާ ކުރިޔަސް އިސްތިއުފާދިނުމާ މެދު އިތުރަށް ވިސްނާނެކަމަށް މަހުލޫފް ރޭ ވަނީ ވިދާޅުވެފައެވެ. މަހުލޫފާއިމެދު އަމަލުކުރަމުންދާ ގޮތާއި ގުޅިގެން ވިސާމް ވިދާޅުވީ ސިޔާސީ ގޮތުން ވަކި ކަމެއް ހާސިލް ކުރުމަށް މީހެއްގެ މުޅި ހަޔާތް ބަރުބާދުވާނޭ ގޮތަކަށް ކަންކަން ކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ.

މިނިސްޓަރު މަހްލޫފާ މެދު އަމަލުކުރެވެމުންދާ ގޮތް އެބަ ފެނޭ. ޒާތީ ތައައްސުބު އިސްކޮށް ސިޔާސީ މަންފާ ހޯދުމަށް އަނެކާ ކަތިލެވިގެން ނުވާނެ.

– ވިސާމް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ފައިސާ މިނިސްޓަރު މަހްލޫފަށް ލިބުނުކަމަށް ކުރެވޭ ތުހުމަތުގައި، މިނިސްޓަރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން ދެފަހަރެއްގެ މަތިން ޕީޖީ އޮފީހުގައި ވަނީ އެދިފަ އެވެ. ނަމަވެސް އަދި މިހާތަނަށް ދައުވާކޮށްފައެއްނުވެއެވެ.

މަހްލޫފު ވަނީ ޕީޖީއޮފިހުގައި އޮތް އޭނާގެ މައްސަލައާގުޅޭގޮތުންރޭ ޓްވިޓާގައި އިހުސާސްތައް ބަންޑުންކޮށްލާފަ އެވެ. އެގޮތުން މަހްލޫފު ވިދާޅުވީ މިވާހަކަ ރައީސް އަށްވެސް ރަސްމީކޮށް ދަންނަވާނެ ކަމަށައި މަގާމުން ވަކިކުރުމަކީ ރައީސުލްޖުހޫރިއްޔާއަށް ޤާނޫނު އަސާސީން މަތިކޮށްފައިވާ ބާރެއް ކަމުން، އެކަމުގައި ގޮތެއް ނިންމަވާނީ ރައީސް ކަމަށްވެސް މަހްލޫފު ވަނީ ވިދާޅުވެފައެވެ.

މަހްލޫފު ވިދާޅުވީ ފެށުނީއްސުރެ އޭނާގެ މައްސަލައިގެ ތެރެއަށް ނުފޫޒުގަދަ ސިޔާސީ ބަޔަކު ވަދެ މިކަން ހިންގަނީ ސީދާ ޒާތީ ގޮތުން ކަމަށެވެ. އަދި ދައުވާކޮށްފިނަމަ ކޯޓުތެރޭން އެހުރިހާ ކަމެއް ހާމަވާނެ ކަމަށްވެސް މަހްލޫފު ވިދާޅުވިއެވެ. އަދި ޕީޖީގެ މައްޗަށް މަހްލޫފު ވަނީ މި މައްސަލާގައި ގިނަ ތުހުމަތު ތަކެއް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.