މާލެ-ހުޅުމާލެ ބްރިޖް އެޅިއިރު މުއިޒު ރައްޔިތަކު ކައިރިން ހޭވެސް އަހާނުލާ: މޫސަ

މާލެ-ހުޅުމާލެ ބްރިޖް އެޅިއިރު މުއިޒު ރައްޔިތަކު ކައިރިން ހޭވެސް އަހާނުލާ: މޫސަ

Author
މުޙައްމަދު ޝަޒައިމް
09 އޮގަސްޓް 2021 03:11
0

ވިލިމާލޭ ބްރިޖް އެޅުމުގައި ސަރުކާރުން ރައްޔިތުންނާއި މަޝްވަރާ ނުކުރާކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވާއިރު، މާލެ-ހުޅުމާލެ ބްރިޖް އެޅިއިރު އޭރުގެ ހައުސިން މިނިސްޓަރގެ ހައިސިއްޔަތު ޑރ.މުއިއްޒު ރައްޔިތަކު ކައިރިން ހޭވެސް އަހާ ނުލާކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ވިލިމާލޭގެ ރައްޔިތުންނާއެކު ރޭ ބޭއްވި “ރައްޔިތުންގެ ބައްދަލްވުން” ގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ސަރުކާރުން ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ފާސްކޮށްފައިވާ ޤާނޫނުގައި ރައްޔިތުންގެ ބާރުވެރިކަން އިންތިހާއަށް އޮތްކަމަށެވެ. ސަރުކާރުގެ ތަރައްޤީގެ ޕްލޭން އެކުލަވާލާއިރު، ކައުންސިލްތަކާއި މަޝްވަރާ ކުރަންޖެހޭކަމަށާއި، ކައުންސިލްތަކުގެ ޒިންމާއަކީ ރައްޔިތުންގެ މަޝްވަރާގެ މަތީން ރައްޔިތުންގެ ކަންބޮޑުވުން ސަރުކަރާއި ހަމައަށް ގެންދިއުންކަމަށެވެ.

މުއިއްޒު ވިދާޅުވީ ބްރިޖްގެ މަސައްކަތް ކުރަން ސަރުކާރުން ނިންމާފައިވާއިރު އެކަމުގައި ކުރީ ކައުންސިލްގެ އަދި މިހާރު ހިނގަމުންދާ ކައުންސިލްގެވެސް އެއްވެސް މަޝްވަރާއެއް ހޯދާފައިނުވާ ކަމަށެވެ. ގާނޫނު ބުނާގޮތުން ކައުންސިލެއްގެ އިހުތިސާސުގެ ތެރޭގައި އެއްވެސް މަޝްރޫއެއް ސަރުކާރުން ހިންގާނަމަ ކައުންސިލް މެދުވެރިކޮށް ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ ކަމަށާ އެކަން ސަރުކާރުން ނުކުރާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ މިވާތަކާއި ގުޅިގެން މޫސަ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި މާލެ ހުޅުމާލެ ބްރިޖް އެޅިއިރު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ރައްޔިތުން ކައިރިން ހޭވެސް އަހާ ނުލާކަމަށެވެ. އަދި އޭރުގެ ސިޓީ ކައުންސިލުންވެސް ރައްޔިތުންނާއި ވާހަކަ ދައްކާފައިނުވާކަމަށެވެ. ނަމަވެސް ކިތަންމެ ނުރުހުނަސް ރައީސް ޞާލިހު ވިލިމާލެ ބްރިޖް އަޅާނެކަމަށް މޫސަ ވިދާޅުވިއެވެ.

ވިލމާލެ ބުރިޖް އެޅުމަށްހުރަހަކަށް މުއިއްޒު ވެވަޑައިނުގަންނަވާ. ހުޅުމާލޭ ބްރިޖް މަސްރޫޢުގެ އެއްވެސް ކަމަކާއި ކައުންސިލާ އަދި ދާއިރާގެ މެމްބަރުގެގޮތުގާ ހުރި އަޅުގަނޑުގާތު އޭރުގެ މިނިސްޓަރ ހޭވެސް އަހާނުލައްވާ! އެހެންވިޔަސް މަޖްލީހުގާވެސް އެމަސްރޫޢު ދިފާއުގާ ވާހަދެއްކިން. ރައީސް ޞާލިހު ވެސް ބުރިޖްއަޅާނެ.

– މޫސަ ވިދާޅުވިއެވެ.

ތިލަ މާލެ ބްރިޖު އަޅަނީ އިންޑިއާއިން ދޭ 400 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާ) ގެ ލޯނަކުންނެވެ. އެ ލޯނު އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފަ އެވެ. އެ ފައިސާގެ ތެރެއަށް އަދި އެހީގައި 100 މިލިއަން ޑޮލަރު އިންޑިއާއިން ލައި ދެއެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި ބުރިޖް އަޅާ ކުންފުނި ކަނޑައެޅުމަށް ފަހު ތާވަލާ އެއްގޮތަށް އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް ކަނޑައަޅާފައިވާ އެކި ތާރީހުތައް ފަހަނައަޅާ ދިޔައިރުވެސް ބްރިޖް އަޅާނެ ކުންފުންޏެއް އަދިވެސް އިއުލާނުކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޙ ޙުއްބުލްވަޠަން
ރީކޯ ކަލޭ ކޯއްޗެއް ލިބިގެން ތިއުޅެނީ. ތިއުޅެނީ ފަތިސްހަނދުވަރުވެސް ނިންމާނުލެވިގެން. މުޢިއްޒާ ނުބެހި އެކަންކޮށްބަލަ. ތިގޮތަށް ފިލްމުކުޅޭ މީހުންނަށް އެނގޭނީ ޚިޔާލީ ފޮލާ ކައްކަން. މުޢިއްޒުމެން ކަހަލަ ޤާބިލު މީހުން ކުރާކަންކަމަށް ފާޑުކިޔާކަށް ނޭގޭނެ.
B Birubodu
މޫސަމެންނަކީ ވަކަރުގޭކުދިން އެއީމޮޔައިން އެކްށަޗެއްވެސް ނޭންގޭނެ ވަރަށްސާފް އިނގޭތޯ
ާ ާެއެނގޭމީހާ
ކަންކަންކުރަން ނޭގޭތީ އަހަންޖެހެނީ
ޙ ޙަލިމު އިބުރާހީމް
މިއެނގެނީ މޫސަމެންނގެ ގަޅިކަން. ޥެރިމީހާ ކަމެއްކޔަން ނިންމީމަ، ވަޒީރުން ނުދުވާނެ ރަެްޔިތު މީހާ ގަބޫލުތޯ ނޫންތޯ ބަލާކަށް، ވަޒީރު ބަލާނީ ެޢެކަްން ކޮށް ނިންމާލެވަެތޯ. މޫސަމެން ރަެއްދު ދޭއިރު ވާނުވާ އެނގިބަލަ ދޯ
އ އަލިފު ޙާ!
މާލެ ހުޅުލޭގެ ބްރިޖް އެޅިއިރު މީހަކާ މަޝްވަރާ ކުރާނެ ފުރުޞަތެއް އޭރުގެ އެމްޑީޕީއަކުން ނުދިން، އޭގެ ބަދަލުގައި އެއްއަޑަކަށް ޤައުމުގި ގުގުމާލާފައި އޮތީ ތިބުރިޖެއް ނޭޅޭނޭ ތީ ދައްކާ ދަޅައެކޭ، ތިވަރުގެ ބޮޑު ކަމެއް ނުކުރެވޭނޭ، އެއުޅެނީ ޗައިނާ ލައްވައި ގޭމެއް ކުޅެން ފައްޓައިގެނޭ، އެންމެފަހުން ބުރިޖް އަޅައިފި ކަން އެނގުނީމާ ކިޔަންފެށީ ތިވަރުގެ ބޮޑު ޚަރަދެއް ކޮށްގެން ތިކަން ކުރުމަށްވުރެ، އެހެނިހެން ކަންކަމަށް ތިޚަރަދު ކުރިނަމަ ތިޔަށްވުރެ މާރަނގަޅުވީހެވެ. ތިކަމުން ފައިދާވަނީ ހަމައެކަނި މާލޭގައި ދިރިއުޅޭ މީހުންނަށެވެ. އެހިސާބަށް ދާންދެން އެމްޑީޕީން ފި ވިއްދާފައި ހުރީ އެކަން ކުރިޔަނުދިނުމަށެވެ. ރާޅާ އެޅޭ މީހުންލައްވައި އެތައް ގޭމެއް ޖެއްސިއެވެ. އެކަމަކު މިއަދު ތިލަމާލޭ ބުރިޖާ ދެކޮޅަށް އެއްވެސް މީހަކު އެއްޗެއް ބުނިތޯ؟