ރާއްޖޭގައި އަރަމުން އަންނަ އުންމީދީ ޒުވާން ކުޅުންތެރިޔާ، އީތަން އިބްރާހިމް ޒަކީ އަށް، މެންޗެސްޓަ ޔުނައިޓެޑްގެ ތަރި މާކަޝް ރަޝްފޯޑްގެ ބަޔޮގްރަފީ ހަދިޔާކޮށްފިއެވެ.
މި ފޮތަކީ ރަޝްފޯޑްގެ ހަޔާތަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ގޮތެކެވެ. މި ފޮތުގެ ބޭނުމަކީ ރަޝްފޯޑްގެ ދިރިއުޅުން ބަލައިގެން އެހެން ކުދިންނަށް އިބުރަތްތަކެއް ދިނުމެވެ. އިންގްލެންޑްގެ ގައުމީ ޓީމުގެ ފޯވަޑް، ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ފޯވަޑް އީތަން އަށް ހެޔޮ އެދުންތައް ރައްދު ކުރީ ޓްވިޓާ މެދުވެރިކޮށެވެ. އީތަންގެ ގާތް މީހެއް ކަމަށްވާ، އަލްމާ އަލީލް ޓްވިޓާ އަށް ދޫކޮށްލި އީތަންގެ ވީޑިއޯ އަށް، ރަޝްފޯޑް ވަނީ ކޮމެންޓް ކޮށްފައެވެ.
ޓްވިޓާގައި އަލްމާ އަލީލް ހިއްސާކުރި ޕޯސްޓެއްގައި ލިޔެފައިވަނީ ޔުނައިޓެޑަށް ކުޅުމުގެ އުއްމީދުގައި ހުރި އުމުރުން އީތަން އަށް މެންޗެސްޓާ ޔުނައިޓެޑްގެ ތަރި މާކަސް ރަޝްފޯޑްގެ ހަޔާތަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފޮތެއް ލިބިގެންދިއުމަކީ އެ ފޮތުގެ އެހީގައި އެންމެ މޮޅު ކުޅުންތެރިއަކަށް ވުމަށް އީތަން ދެކޭ ހުވަފެން ހަގީގަތަކަށް ހެދުމަށް ލިބިގެންދިޔަ ހިތްވަރެއް ކަމަށެެވެ.
The next Dhagandey ❤️ https://t.co/lz242EutJ5
— Beaks Abbas (@a_beaks) August 8, 2021
އީތަންގެ ވީޑިއޯ އަށް ރަޝްފާޑް ކޮމެންޓް ކޮށްފައި ވަނީ، "ލަވް ދިސް" މިހެންނެވެ. ބާސެލޯނާގެ އެކެޑެމީގައި މީގެ ކުރިން ޓްރޭނިން ހަދަން ފުރުސަތު ލިބުނު އީތަންގެ ހުނަރަށް ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ ވެސް ޝައުގުވެރިވެއެވެ. ޓޫރިޒަމް ދުވަސް ފާހަގަ ކުރުމަށް 2019 ގައި ބޭއްވި ހަރަކާތުގެ ތެރެއިން ހެންވޭރު ދަނޑުގައި ކުރިއަށް ގެންދިޔަ މުބާރާތުން ފާހަގަ ވުމުން، ސަލްގާޑޯގެ އެކެޑެމީގައި ޓްރޭނިން ހަދަން އީތަން އަށް ފުރުސަތު ދޭން ސަލްގާޑޯ ނިންމިއެވެ. ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީމުގައި ހިމެނިގެން އީތަން ވަނީ ދުބާއީގައި ބޭއްވި 15 އަހަރުން ދަށުގެ އިންޓަނޭޝަނަލް މުބާރާތުގައި ކުޅެފައެވެ.
އޭނާއަކީ ސްޕެއިނުގެ ދަ ނެކްސްޓް ޖެނެރޭޝަން ސްޕޯޓްސް (ޓީއެންޖީއެސް) ވާޗުއަލް ކޭމްޕްގެ ރަނގަޅު ވަނައެއް ހޯދާފައިވާ ކުޅުންތެރިއެކެވެ.
ކޮމެންޓު ފޮނުވާ