ހިޖްރީ އައު އަހަރުގައި ލާދީނީ, ފިކުރަށް ނޫނެކޭ ބުނުމުގެ އަޒުމް އާކުރަންޖެހޭ: މަލީހު

ހިޖްރީ އައު އަހަރުގައި ލާދީނީ, ފިކުރަށް ނޫނެކޭ ބުނުމުގެ އަޒުމް އާކުރަންޖެހޭ: މަލީހު

Author
މުޙައްމަދު ޝަޒައިމް
09 އޮގަސްޓް 2021 08:54
0

މިއަދު ފެށިގެން މިދާ ހިޖްރީ އައު އަހަރުގައި ލާދީނީ, ލާޤައުމީ ފިކުރަށް ނޫނެކޭ ބުނުމުގެ އަޒުމް އާކުރަންޖެހޭ ކަމުގައި ކުރީގެ ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މިއަދު ފެށުނު ހިޖުރީ އަހަރުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށާއި، އިސްލާމީ އުންމަތަށް ފޮނުވައި މަލީހު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މިފަދަ ކޮންމެ މުނާސަބަތެއްގައި މުޖުތަމައުގެ ތެރޭގައި އާލާވަމުންދާ ލާދީނީ, ލާވަތަނީ, ލާޤައުމީ ފިކުރަށް ނޫނެކޭ ބުނެ ޤައުމަށް ނަސްރު ހޯދުމުގެ އަޒުމް އާކުރަން ޖެހޭކަމަށެވެ. މިފެށޭ އާއަހަރަކީ މުޅި އިސްލާމީ އުއްމަތަށް އުފާ ފާގަތި އަހަރެއްކަމުގައި ލެއްވުމަށް މަލީހު ވަނީ ދުޢަކުރައްވާފައެވެ.

ލާދީނީ, ލާވަތަނީ, ލާޤައުމީ ފިކުރަށް ނޫނެކޭ ބުނެ ޤައުމަށް ނަސްރު ހޯދުމުގެ އަޒުމް މިފަދަ ކޮންމެ މުނާސަބަތަކު އާކުރަންޖެހޭ. ހިޖުރީ އާއަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން. މިފެށޭ އާއަހަރަކީ މުޅި އިސްލާމީ އުއްމަތަށް އުފާ ފާގަތި އަހަރެއްކަމުގައި ލައްވާށި. މި ވަތަނުގެ އިސްލާމީ ޝަހުސިއްޔަތަށް އިތުރު ރޯޝަނީކަން ގެނެސްދޭ އަހަރެއްކަމުގައި ލައްވާށި.

– މަލީހު ވިދާޅުވިއެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވަނީ ފަހަކަށް އައިސް ރާއްޖޭގައި އިސްލާމްދީނާއި ދެކޮޅު ވިސްނުމާއި، ފިކުރުތަކަށް ޖާގަ ދިނުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތުތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި މިފަދަ ފިކުރު ފަތުރާ މީހުން މަސައްކަތް ކުރަމުންދަނީ ހުޅަނޑުގެ ނުފޫޒުގަދަ ފިކުރުތައް ރާއްޖޭގައި އަށަގަންނަވައި، ލާދީނީ ފިކުރު އަށަގެންނެވުމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ހިޖްރީ އާ އަހަރަކަށް މަރުޙަބާ ކިޔާއިރު، ހިޖްރައިގެ މަތިވެރި ހާދިސާއިން ލިބިދޭ މިފަދަ ފިލާވަޅުތައް، ޢަމަލީގޮތުން ތަންފީޒު ކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްކަމަށާއި ހިޖްރީ އާ އަހަރެއްގެ ފެށުން ފާހަގަކުރުމަކީ، ހިޖްރައިގެ ހާދިސާއިން ލިބިދިން ޢިބްރަތްތަކުގެ އަލީގައި، އަޅުގަނޑުމެންގެ ކުރިމަގު އަލުން ބައްޓަންކުރުމަށް ލިބޭ ނުހަނު އަގުހުރި ފުރުޞަތެއްކަމުގައި ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.