"ބަޅޭ އައްޗޭ ލަގްތޭ ހޭ" އިން ނަކުލް އާއެކު ދިޝާ!

"ބަޅޭ އައްޗޭ ލަގްތޭ ހޭ" އިން ނަކުލް އާއެކު ދިޝާ!

ސޮނީ ޓީވީ އިން ގެނެސްދިން މަގުބޫލު ޑްރާމާ "ބަޅޭ އައްޗޭ ލަގްތޭ ހޭ" ތަފާތު ކާސްޓަކާއެކު، އާ ސީޒަނެއް ގެެނެސްދޭން ތައްޔާރު ވަމުން އަންނަ އިރު މި ޑްރާމާގެ ލީޑް ރޯލަށް ދިޝާ ޕަރްމަރް ސޮއިކޮށްފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިދިޔަ މަހު ލަވަކިޔުންތެރިއާ ރާހުލް ވެއިދީއާ ކައިވެނި ކުރި ދިޝާ، މި ޑްރާމާގައި ފެނިގެންދާނީ ނަކުލް މެހެތާއާއެކު އެވެ. މިއީ މި ދެމީހުން އެކުގައި ފެނިގެންދާ ދެވަނަ ޑްރާމާއެވެ. މި ދެތަރިންގެ ފުރަތަމަ ޑްރާމާ އަކީ 2012-2014 އަށް ގެނެސްދިން "ޕިޔާރު ކާ ދަރުދު ހޭ މީޓާ މީޓާ ޕިޔާރާ ޕިޔާރާ" އެވެ.

މިޑްރާމާއިން މި ދެތަރިންނަށް ވަނީ ބޮޑު މަގުބޫލު ކަމެއް ލިބިފައެވެ. މި ޖޯޑަކީ އާންމުންނަށް ވަރަށް ކަމުދިއަ ޖޯޑެކެވެ. ލިބުނު ބޮޑު ތަރުހީބާއި އެކު މި ދެތަރިން އެކުގައި އަނެއްކާވެސް ބަލައިލުމަށް ފޭނުން ތިބީ ކެތްމަދު ވެފައެވެ.

"ބަޅޭ އައްޗޭ ލަގްތޭ ހޭ" އަށް ދިޝާ ސޮއިކުރިކަން ރަސްމީ ގޮތަކަށް އެއްވެސް ފަރާތަކުން އަދި ކަށަވަރު ކޮށްދީފައި ނުވިނަމަވެސް އިއްޔެ ވަނީ މިދެތަރިން އެކުގައި ސީނެއްގައި ތިބި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އަދި މީގެ އިތުރުން ދެމީހުންވެސް އެމީހުންގެ އިންސްޓަގްރާމް ސްޓޯރީގައި މޭކަޕްރޫމާއި ވެނިޓީގެ ފޮޓޯތައް ވަކިވަކިން ހިއްސާކޮށްފައި ވެއެވެ. ގިނަ ބަޔަކު ގަބޫލުކުރަނީ އެއީ އެދެމީހުން ޑްރާމާގެ މަސައްކަތް ފެށިކަމުގެ ހިންޓްގެ ގޮތުގައި ދޫކޮށްލި ސްޓޯރީ ތަކެއްކަމަށެވެ.

ދިޝާ މި ރޯލަށް ސޮއިކުރިމަށް ރިޕޯޓްތައް ބުނާއިރު، މި ޑްރާމާ ދެވޮލީނާ ބަޓަޗާރިއާ އަށް ހުށައެޅިކަމުގެ ކަމުގެ ވާހަކަތަކެއްވެސް ވަނީ ފެތުރިފައެވެ.

މި ޑްރާމާ އެންމެ ފުރަތަމަ ހުށައެޅީ ދިވިޔަންކާ ތުރިޕާޓީއަށެވެ. ނަމަވެސް އޭނާއަށް މި ރޯލު ނުދޭން ޕްރޮޑަކްޝަން ޓީމުން ނިންމީ ނުކުލްއަށް ވުރެ ދިވިޔަންކާ އުމުރުން ދުވަސްވެފައި ވާކަމަށް ދައްކާތީކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި ޑްރާމާ ދައްކާނެ އިރެއް އަދި އިއުލާނެއް ނުކުރެއެވެ. ރާމް ކަޕޫރާއި ސާކްޝީގެ "ބަޅޭ އައްޗޭ ލަގްތޭ ހޭ" އަކީ 2011-2014 އަށް ސޮނީ ޓީވީން ގެނެސްދިން ވަރަށް މަގުބޫލު ޑްރާމާއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *